ނިއުޔޯކްގެ ޑޮކްޓަރަކަށް އެބޯލާ ޖެހިއްޖެ

އެބޯލާ ބަލީގެ ބަލި މީހުންނަށް ފަރުވާ ދޭން ހުޅަނގު އެފްރިކާގައި އުޅުމަށްފަހު ގައުމަށް އެނބުރިއައި ނިއުޔޯކްގެ ޑޮކްޓަރަކު އެބޯލާ އަށް ޕޮޒިޓިވްވެފައި ވާކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.

ނިއުޔޯކްގެ ޑޮކްޓަރަށް އެބޯލާ ޖެހިފައިވާކަން ކަށަވަރު ވުމުން މިހާތަނަށް އެމެރިކާގައި އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4 އަށް އަރާފަ އެވެ.

ނިއުޔޯކްގެ މޭޔަރު ބިލް ޑެ ބްލާސިއޯ ބުނެފައިވަނީ ނިއުޔޯކްގެ ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް އެދޭ ކަމަށެވެ. އަދި ޑޮކްޓަރާ މެދު އެކަން އޮންނަ ޕްރޮޓޮކޯލެއްގެ ދަށުން އަމަލުކޮށްފައިވާކަމަށާއި ރައްޔިތުންނަށް މާ ބޮޑު ބިރެއް ނެތް ކަމަށްވެސް މޭޔަރު ވަނީ ބުނެފަ އެވެ.

އެބޯލާއަށް ޕޮސިޓިވް ވި ޑރ. ކްރެގް ސްޕެންސާ އަކީ ”ޑޮކްޓާސް ވިތައުޓް ބޯޑާސް“ގެ މެމްބަރެއްގެ ގޮތުން އެބޯލަ އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ގައުމު ކަމަށްވާ ގިނީ ގައި ހަރަކާތްތެރިވުމަށްފަހު އެމެމެރިކާއަށް އެނބުރި އައި ޑޮކްޓަރެކެވެ. ގައުމަށް އެނބުރި އައީ މީގެ 6 ދުވަސް ކުރިން ކަމަށާއި ހުމާއި ޑައިރިއާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތަށް މިދިޔަ ބުދަ ދުވަހާ ހަމައަށް އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު 9935 އަށް އަރާފައިވާއިރު އެ ބަލީގައި 4877 މީހަކު މަރުވެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *