މާޒީގައިވެސް ރާއްޖެ އަޅުވެތިކޮށް ރާއްޖޭގެ އިސްތިގްލާލު ނަގާލަން މަސައްކަތްކޮށްފައިވަނީ ރައީސް ނަޝީދުގެ އާއިލީ ގުޅުން ހުރި ބޭބޭފުޅުން އިއްވެ ތިއްބަވައިގެން ކަމަށާއި މިއަދު ރައީސް ނަޝީދު ގެންދަވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވައި، ޓެރަރިސްޓް ޖަމާއަތްތަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ވެރިކަމާ ތޮޅޭނެ މޮޅެތި އުކުޅުތައް ރާވަމުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މެމްބަރު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓެރަރިސްޓް ޖަމާޢަތްތައް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު، މިސަރުކާރުން ގޭންގުތަކަށްވެސް އަޅާނުލާ ވާހަކަ އެމްޑީޕީގެ ޗެއަރޕާސަން އެވިދާޅުވުމުން ދޭހަވަނީ ނަޝީދުގެ ސަރުކާރުން ގޭންގުތަކަށް ވަރަށް ބޮޑު ހޭދައެއް ކުރައްވައި ގޭންގުތައް ގެންގުޅުއްވިކަން ކަމަށެވެ.
އަދި ނަޝީދުގެ ސަރުކާރުގައިވެސް ކެބިނެޓް އޮތީ އެންމެ ބޮޑު ގޭންގުގެ ގޮތުގައި ކަމަށްރައީސް ނަޝީދު އެންމެ އިތުބާރު ކުރައްވާ މާރިޔާ ދީދީ ވިދާޅުވާއިރު އޭރުވެސް މަގުމަތި ހަލަބޮލި ކުރައްވަނީ އެ ގޭންގުތައް ބޭނުން ކުރައްވައިގެން ކަމަށާއި މިއަދުވެސް މަގުތަކުގެ އަމާންކަން ނަގާލައި މަގުތަކަށް މީހުން ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ބަސް ޤަބޫލުކުރައްވާ ބަޔަކު ކަމަށާއި އެކަން ކުރަނީ ލިބިފައި މިއޮތް ހިތްހަމަޖެހުން ފޫއަޅުވާލައި މަޞްލަޙަތު ނަގާލުމަށް ކަމަށް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެއެވެ.
މެމްބަރުގެ ބަޔާނުގައި ބުނެފައިވަނީ ބޭރު ޤައުމުތަކާ ރާއްޖެއާ އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރާގޮތަށް އަދި ރާއްޖެއަށް އެޤައުމުތަކުން ލިބޭ އެހީތައް ނުލިބޭގޮތަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އަބަދުވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބައިއެޅުއްވި މީހުން ނޫން އެހެން ބަޔަކަށް ފުރުޞަތު ނުދެއްވުމަށް ކަމަށާއި ރައީސް ނަޝީދު ގާތްކަމަށް ވިދާޅުވާ ގިނަ ޤައުމުތަކަކީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ނަގާލައި އެއްބައިވަންތަކަމަށް ބުރޫ އަރުވާލައި ޑިމޮކްރަސީ ފުނޑުފުނޑު ކޮށްލަން މަސައްކަތްކުރާ ޤައުމުތައް ކަމަށް މެމްބަރު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވާ ގޮތުންނަމަ މިޤައުމުގެ ހުރިހާ ރަސުލްމާލެއް ދޭންވީ ހަމައެކަނި އެމަނިކުފާނު ރުހިވަޑައިގަންނަވާ ބައެއް ޤައުމުތަކަށް ކަމުގައިވެސް މެމްބަރު ވިދާޅުވެފައި ވެއެވެ.
“ ރައީސް ނަޝީދު އެގެންދަވަނީ ރާއްޖޭގައި ފައްކާވަމުން އަންނަ ޑިމޮކްރަސީވެސް ފުނޑު ފުނޑު ކުރައްވަމުން، އެމަނިކުފާނުގެ ޕާޓީގައި އެމަނިކުފާނަށް ސަނާނުކިޔާ މީހަކަށް މަތީ މަޤާމެއްގައި ނުހުރެވޭ، އެތެރޭގެ އިންތިޚާބު ޕާޓީތެރޭގައި ބޭއްވިނަމަވެސް އެ އިންތިޚާބުތައް އިންސާފުވެރިނޫންކަން އެޕާޓިގެ އިސްއެކްޓިވިސްޓުން އެދަނީ ހާމަކުރައްވަމުން، އެންމެފަހުން ސެކެޓްރީ ޖެނެރަލް އާއި އޭނާގެ ނައިބް ޕާޓީ ދޫކުރައްވައި މަޤާމު ދޫކުރެއްވީ އެތެރޭގެ ޑިމޮކްރަސީ ރައީސް ނަޝީދު ފުނޑު ފުނޑު ކުރައްވާތީ، މީގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ ޢިއްޒަތްތެރި މެމްބަރުން އަމިއްލަ ފުޅު ވިސްނުމުގައި ބިލް ހުށަހެޅުއްވުމުންވެސް އެމަނިކުފާނު ނުކުންނަވައި މަޖިލީސް މެމްބަރުންނަށް ބިރުދައްކަވައި ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) މުޅި މަގުމައްޗަށް ގިނަ ކުރައްވައިފި، އެއާއެކު އެމްޑީޕީއަށް އެންމެ އިޚްލާޞްތެރި އަދި ފައްކާވަމުން މިއަންނަ ޑިމޮކްރަސީގައި އެމްޑީޕީއަށް ރީތި ނަމޫނާ ދައްކަވާ، ރައްޔިތުންގެ މަޖުލީހުގެ ނައިބްރައީސްގެ ތާއީދު އެމްޑީޕީ ތެރޭގައި ކުޑަކުރައްވަން ރައީސް ނަޝީދު ދަނީ މަސައްކަތް ކުރައްވަމުން“ މެމްބަރުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ވަގަށްނަގައި އެމަނިކުފާނުގެ އޯޑަރަށް ހައްޔަރުކުރައްވައިގެން ގެންގުޅުނީ ޢަބްދުﷲ ޤާޟީ ވަރުގެ ނުބައި މީހަކު ނެތިގެންނޭ ކިޔާފައި ކަމަށާއި ޝަރުޢީ ދާއިރާ ފުނޑުފުނޑުކޮށް މުޅި ޤައުމުގެ މަޞްލަޙަތު ނަގާލަނީ ޢަބްދުﷲ ޤާޟީއޭ ކިޔާފައި 8 ފެބުރުއަރީ 2012 ވަނަދުވަހު ރައީސް ނަޝީދަށް ތާއީދުކުރާ ކުދިންކޮޅެއް ނުކުމެ ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތައް އަންދާލައި ރޯކޮށް އެތައް ބޮޑެތި ގެއްލުންތަކެއްދިން ޓެރަރިސްޓުންނާ ދެކޮޅަށް ދަޢުވާ ނުކުރަން ނިންމުމުން ޢަބްދުﷲ ޤާޟީވަރުގެ ބަޠަލެއްވެސް މިއަދަކު ރައީސް ނަޝީދަކަށް ނެތް ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި މިޤައުމުގެ ކަންކަން ފާލުން ނައްޓުވާލަނީ ސްޕްރީމް ކޯޓުންކަމުގައި ބުނެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ރައީސް ނަޝީދު ކުރައްވާ ދަޢުވާގެވެސް އަޞްލެއް ނެތްކަން މިއަދު ރައްޔިތުންނަށް ފެންނަމުން އަންނަ ކަމަށާއި އެމަނިކުފާނުގެ ޕާޓީގެ މެމްބަރަކު އިސްވެ ހުންނަވައި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން މަސައްކަތް ފެށުމުން އެކަން ވިޔަ ނުދޭން ފޫގަޅުއްވައި މަސައްކަތް ކުރައްވަނީވެސް ރައީސް ނަޝީދު ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓު ކޮށާލިޔަ ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމުން ސުޕްރީމް ކޯޓުގެ ބެންޗަށް ރައީސް ނަޝީދުގެ ނުފޫޒު އޮތްވަރު ހާމަވެގެންދާކަމަށްވެސް ވިދާޅުވެފައި ވެއެވެ.
3 Responses
ތިކިޔޭ އެށްޗެށް ތިމާޔަށް އެގޭބާ .
މަގުމަތީގެ ހަމަޖެހުން ނަގާލި މީހުން މިކިޔަނީ ކީކޭބާ؟
މަގުމައްޗަށްނުކުމެ ކޮއްމެ ރެއަކު މުޒާހިރާ ކުރީ މިހާރު ވެރިކަމާއި ހަވާލުވެގެންތިބި މީހުންކަން ނޭގޭ ދިވެއްސަކު ހުރިހެނެއް ހީނުވޭ
އެމް އެމް އޭ ބިއްލޫރި ތަޅާލާ އެވަރުން ހިންހަމަ ނުޖެޖިގެން އެއްމެފަހުން ބޭއްވި ރިއާސީ އިންތިޚާބުގައި އުޅުނުގޮތާ މަޖްލީހުގެ
މެމްބަރުން ގައްނަން އުލޭގޮތާ ނުވިތާކަށް ރައީސް ނަޝީދު އަށް ޖެއްސުންކުރާވަރު ދިވެހިންނަށް ސާފުކޮށް އެންގޭ
ކިޔާލުފޮނުވިއިރުވެސް އެނގޭ ނުޖަހާނެކަން ހަޖަމް ނުވީ ޏަޝީދު އަށް އެއްޗެހިކިޔާފަ ލިއުނީމަ ޖަހާނެެ