ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ މަޖިލީސް

ގްރީން ޓެކްސް ނަގަން ކޮމިޓީން ފާސްކޮށްފި

ސަރުކާރުން އަލަށް ޓޫރިސްޓުން އަތުން ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގްރީން ޓެކްސް ނެގުމަށްޓަކައި ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އިގްތިސޯދީ ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކޮށްފި އެވެ.

މި އިސްލާހުތަކަށް ވޯޓު ދެއްވާފައި ވަނީ ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ ފަސް މެންބަރުންނާއި އެމްޑީއޭގެ މެންބަރު އެކަންޏެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ގްރީން ޓެކްސް ނަގާނީ ރާއްޖޭގައި ހިދުމަތްދޭ ގެސްޓު ހައުސްތައް އިސްތިސްނާވާ ގޮތަށް ކަމަށެވެ. މި ޓެކްސްއަކީ ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ނަގާ ޓެކްސްއެއް ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް އިން ލިބޭ ފައިސާ ހަރަދު ކުރާނީ ރާއްޖެއިން ކުނި ނައްތާލުމަށާއި، ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ނަގަން ހުށަހަޅާފައިވާ މި ޓެޖްސް ނެގުމަށް އައިއެމްއެފްއިންވެސް ވަނީ ތާއީދުކޮށްފައި އެވެ.

ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންކަމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *