ނޫރަލިއާގައި ވޭނެއް ފޮރަޅާލާ ހިނގި އެކްސިޑެންޓެއްގައި ދިވެހި ބަޔަކު ސަލާމަތްވެއްޖެ

ނޫރަލިއާގައި ވޭނެއް ފޮރަޅާލާ ހިނގި އެކްސިޑެންޓެއްގައި ދިވެހި ބަޔަކު ސަލާމަތްވެއްޖެއެވެ.

ސްރީލަންކާގެ ނުވަރަލިޔާގައި ވޭނެއް ފުރޮޅާލައި މި އެކްސިޑެންޓު ހިނގާފައިވަނީ މި ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ހާދިސާގައި ހިނގަން ދިމާވީ ވޭން ދުއްވަން އިން ޑްރައިވަރަށް ނިދުމުގެ ސަބަބުން ކަމަށާއި ވޭން ކައްސާލައި ވަރަށް ދުރަށް ވިއްސައިގެން ދިޔުމުގެ ސަބަބުން ޑްރައިވަރަށް އަނިޔާވެފައިވާތީ، އޭނާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓު ހިނގި އިރު، ނޫރަލިއާގައި ޗުއްޓީ ހޭދަކޮއްލުމަށް ގޮސްތިބި ދިވެހިންގެ 9 މީހުން ތިބި އިރު، އޭގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކަށްވަނީ އަނިޔާވެފައެވެ. ނަމަވެސް އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *