އުތުރުގެ ބައެއް ރަށްރަށަށް އުދަ އަރައި ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެ

އުތުރުގެ ބައެއް ރަށްރަށް އުދަ އަރައި ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ށ. ކޮމަންޑޫ އިރު އުތުރު ފަރާތަށާއި ނ. ހޮޅުދޫ އިރު އުތުރުފަރާތުން އުދަ އަރައި ބައެއް ސަރަޙައްދު ތަކުގައިހުރި ގޯތި ގެދޮރަށް ބައެއް ގެއްލުންތައް ލިބިފައި ވާކަމަށާއި ކޮމަންޑޫއަށް އުދަ އެރުމުގެ ސަބަބުން އެރަށުގެ ގެއެއްގެ މީހުން ވަނީ އެހެން ގެއަކަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި ށ. ކޮމަންޑޫ އަށް އުދައަރައި އުދައިގެ އަސަރުކުރަން ފަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރު ކަމަށާއި އެރަށު އިރު އުތުރު ފަރާތުން 300 ފޫޓެއްހާ އެއްގަމަށް ރާޅުއަރާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

”ކޮމަންޑޫ އަށް އުދަ އެރުމާ ގުޅިގެން އެރަށުގެ ގެއަކަށް ލޮނުގަނޑުވަދެ ގޭގައިހުރި މުދަލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވޭ، ރާޅުއެރުމުގެ ސަބަބުން އެގެއިން ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައި، އަދި އެވަގުތު އެ ގޭގައި މީހުން ތިބުން ރައްކާތެރިކަމަށް ނުވާތީ އެގޭގެ މީހުންވަނީ ކައުންސިލްގެ އެހީތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައި، އަދި ލޮނުގަނޑު ރަށުތެރެއަށް ދިޔަ ނުދިނުމަށް ކައުންސިލްގެ މެމްބަރުންނާ ފުލުހުންނާ ރައްޔިތުން ގުޅިގެން ވަނީ މަސައްކަތް ކޮށްފައި، ރަށުގެ ޢާއްމު ޙާލަތު މިހާރު ރަނގަޅު ކަމަށް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައި“ ފުލުހުން ހާމަކުރެ އެވެ.

Udha-1

ނ. ހޮޅުދޫއަށް އުދައިގެ އަސަރު ކުރަން ދަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރު ކަމަށާއި ހޮޅުދޫއަށް އެރި އުދައިގެ އަސަރު ރަށުގެ އިރު އުތުރު ފަރާތުން 200 ފޫޓެއްހާ ހިސާބަށް ކޮށްފައި ވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި މީހުން ދިރިއުޅޭ ތިން ގެއަކާއި ހަމައަށް ލޮނުގަނޑު ދިޔަނަމަވެސް ވެލިބަސްތާ ޖަހައިގެން ކުރެވުނު މަސައްކަތުން އެއްވެސް ގެއަކަށް ލޮނުގެ އަރަސު ކުރިޔަނުދީ ލޮނުގަނޑު ހިފެހެއްޓިފައި ވާ ކަމަށާއި ހޮޅުދޫގެ ޢާއްމު ޙާލަތު މިހާރު ރަނގަޅުކަމަށް ހޮޅުދޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައި ވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

Udha-4

ފުލުހުން އިތުރަށް ބުނީ ށ. އަތޮޅު ކޮމަންޑު އަށާއި ނ. ހޮޅުދޫއަށް އެރި އުދައަކީ އިރުވައި މޫސުމުގެ ހަޅައިގެ ސަބަބުން ދިޔަވަރު ބޮޑު ވަގުތުގައި އެރި އުދަކަމަށް ލަފާކުރެވޭ ކަމުގައި އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުން ހާމަކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *