ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު ފޯނެއް ފޭރިގެންފި

ތޫނު އެއްޗަކުން ޙަމަލާދީ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ.

މި ޙާދިސާގައި އަނިޔާ ލިބިފައިވަނީ ބަނގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކަށެވެ. މި ޙާދިސާ ހިނގާފައިވަނީ މިރޭ 21:45 ހާއިރު އަޑިޕާކު ސަރަޙައްދުގައެވެ.

ފުލުހުން ބުނީ މިޙާދިސާގައި އަނިޔާ ލިބުނު ބިދޭސީ މީހާއަށް ސެނެހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެމީހާގެ ޙާލު ސީރިއަސްކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މި މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *