އދ. މާމިގިލީ ރައްޔިތުން އިހުތިޖާޖުގައި

އދ. މާމިގިލީގައި ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ލަސްވަމުންދާތީ އެރަށުގެ ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުން ގޯތި ދޫނުކޮށް ގިނަދުވަސްތަކެއްވެފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުން ކައުންސިލް އޮފީހުގައި އިހުތިޖާޖުކޮށް، ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާތާ ހަފްތާއެއް ވެއްޖެކަމަށެވެ.

އަދި ރައްޔިތުން އެދެމުން ދަނީ އަވަހަށް ގޯތި ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމަށާއި މިކަންތަކާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއަށް މަޝްވަރާ ކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ގާތްގަޑަކަށް 2800 މީހުންގެ އާބާދީއެއް އޮންނަ މާމިގިލީގައި ގޯތި ނުލިބުމުގެ މައްސަލަ އާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނީ ވަރަށް ހަމަހިމޭން ކަމާއެކީގައި ކަމަށާއި އެމީހުންގެ ކެއްތެރިކަން ކޮޅުން ލައިގެންގޮސް ކައުންސިލުގެ މަސައްކަތަށް ހުރަސް އަޅާފައިވާނީ އެންމެ ދުވަހަކު ކަމަށް މާމިގިލީ ކައުންސިލުން ބުނެއެވެ.

އެރަށު ކައުންސިލް ރައީސް ޖުނެއިދު އިބްރާހިމް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހުއްޓާލާފައި އޮންނަތާން 10 އަހަރު ވެފައި ވާކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީއަށް އެކި ފަހަރުގެ މަތިން މިކަމާ ބެހޭގޮތުން މައްސަލަ ހުށަހަޅައިފާވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އާގުޅިގެން ރަށުގެ ގޯތި ދޫކުރެވޭނެ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށް ހައިސިމްގ މިނިސްޓްރީގެ ލިޔުމެއް އެކައުންސިލަށް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ ހުއްދައެއް މިނިސްޓްރީން ނުދެނީސް ޝޯޓް ލިސްޓް ކުރުމަށް އިޢުލާންވެސް ނުކުރެވޭނެ ކަމަށްވެސް މާމިގިލީ ކައުންސިލުން ބުނެއެވެ. އެއީ ބިމާއި ބެހޭ ޤާނޫނުން ކައުންސިލަށް އަންގާފައިވަނީ  އެގޮތަށް ކަމަށްވާތީ ކަމަށް އެކައުންސިލުން ބުނެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *