ސޯނަމް ކަޕޫރު މީގެ ކުރިން ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް --
ސޯނަމް ކަޕޫރު މީގެ ކުރިން ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް --

އާ އަހަރު ފާހަގަ ކުރުމަށް ސޯނަމް ކަޕޫރު ރާއްޖެ އަންނަނީ

ބޮލީވުޑްގައި ފެޝަނިސްޓާ ގެ ގޮތުގައި މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

އެ ނޫސްތަކުން ބުނާގޮތުން ސޯނަމް ކަޕޫރު ރާއްޖެ އައުމަށް ފުރަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މުމްބާއީ އެއާޕޯޓުން ރާއްޖެ އައުމަށް ސޯނަމް ފުރާނީ އޭނާގެ ރަށްޓެހި އަންހެންކުދިންތަކަކާއެކުގައި ކަމަށްވެސް އެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރުގެ އަންހެންދަރި ސޯނަމް ކަޕޫރަކީ އަބަދުވެސް ދަތުރު ކުރުމަށް ލޯބި ކުރާ ބަތަލާއެއްގެ ގޮތުގައި މީޑިއާ ފާހަގަކުރާ ބަތަލާ އެކެވެ.

އާ އަހަރު ފާހަގަ ކުރުމަށް ސޯނަމް ކަޕޫރު ރާއްޖެ އަންނާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއި މިހާރުވެސް އޭނާ އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ”ނީރްޖާ ބަނޯތް“ އެވެ. މި ފިލްމަކީ ޒުވާން ފްލައިޓް އެޓެންޑެންޓަކު ފްލައިޓެއްގައި ތިބޭ ޕަސިންޖަރުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ބަޔޮގްރަފީ ފިލްމެކެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ސޯނަމް ކަޕޫރު 2014 ވަނަ އަހަރުވެސް ރާއްޖެ ޒިޔާރަތް ކޮށްފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *