އުތީމުގައި ތައްޔާރުކޮށްފައިވާ ”ކަޅުއޮށްފުންމި“ގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

އުތީމުގައި ޤައުމީ ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ”ކަޅުއޮށްފުންމި“ގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އުތީމުގައި ތައްޔާރުކޮށްފައިވާ ހަނދާނީ ބިނާއެކެވެ.

”ކަޅުއޮށްފުންމި“ގެ ހަނދާނީ ބިނާ އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން، ސިފައިންގެ ދެ ބޭކަލުން ކަޅުއޮށްފުންމީގެ ހުންގާނު ދޫނި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވިއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ހުންގާނު ދޫނި ކަޅުއޮށްފުންމީގެ ދެ ފަޅުވެރިންނާ ހަވާލުކުރެއްވިއެވެ. ”ކަޅުއޮށްފުންމި“ގެ ހަނދާނީ ބިނާ އިފްތިތާޙުވެގެންދިޔައީ ކަޅުއޮށްފުންމީގެ ދެ ފަޅުވެރިން، ހުންގާނު ދޫނި ކަޅުއޮށްފުންމީގެ ހުންގާނުގައި އެޅުވުމުންނެވެ.

CWFM9f2UAAQAf8m
ކަޅުއޮއްފުންމި ހަނދާނީ ބިނާ — ފޮޓޯ: ރައީސް އޮފީސް

”ކަޅުއޮށްފުންމި“އަކީ ރާއްޖޭގެ ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގައި، އެ ތަކުރުފާނާއި އެ ތަކުރުފާނާއެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން ބޭނުންކުރެއްވި ދޯންޏެވެ.

CWFMgC4UsAArK_k
ކަޅުއޮއްފުންމި ހަނދާނީ ބިނާ — ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ‏ތިލަދުންމަތި އުތުރުބުރީ އުތީމަށް ފައިބާވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މިގޮތުން، އެރަށު ސްކޫލްގެ ދަރިވަރުންތަކެއް ޘަޤާފީ އައިޓަމެއް ހުށައަޅައިދިނުން އޮތެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *