ސްވިސްގެ އަންހެންވެރިންގެ ބުރުގާ ޖޫރިމަނާ ދައްކައިދޭން އަލްޖީރިއާ ވިޔަފާރިވެރިއަކު ވައުދު ވެއްޖެ

ސްވިޒަލަންޑްގެ އާންމު ތަންތާގައި ބުރުގާ އަޅައިގެން އުޅުން މަނާ ކުރާ ގާނޫނުގެ ސަބަބުން ޖޫރިމަނާ ކުރާ ހުރިހާ މުސްލިމް އަންހެން ކަނބަލުންގެ ޖޫރިމަނާތައް ދައްކައިދެން އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވައުދުވެއްޖެއެވެ.

ފްރާންސަށް އުފަން އަލްޖީރިޔާގެ ރެޗިޑް ނެއްކަޒް ބުނެފައިވަނީ މިކަން ކުރުމުގެ މަގުސަދަކީ ދީނީ ކަންކަން މިނިވަންކަމާއެކު ކޮށް އުޅުމުގެ ހައްގު ހޯދައިދިނުންކަމުގައެވެ. ނެއްކަޒް ބުނެފައިވަނީ ކުދި ޖޫރިމަނާތައް ދައްކައިދޭނެކަމަށާއި އަދި 10000 ފްރަންސްއިން (9787ޑޮލަރު) ފެށިގެން ބޮޑު ޖޫރިމަނާތައް ޔޫރޮޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި އިސްތިއުނާފް ކޮށްދޭނެކަމަށެވެ.

ނެއްކަޒް މީގެ ކުރިން 2010 ވަނަ އަހަރު ވަނީ ފްރާންސްގައި ބުރްގާ މަނާކުރުމުގެ ސަބަބުން ޖޫރިމަނާ ކުރި ހާހަކަށްވުރެ ގިނަ ކަނބަލުންގެ ޖޫރިމަނާތައް ދެއްކުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ.

ސްވިޒަލަންޑްގައި މިދިޔަ ނޮވެމްބަރ މަހު ހެދި މި ގާނޫނު ފާސްވެފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓުންއެވެ. މިގާނޫނުގެ ދަށުން އާންމުތަންތާގައި ބުރުގާއަޅައިގެން އުޅެފިނަމަ 100 ފްރަންސްއާއި (98ޑޮލަރު) 10000 ފްރަންސްއާއި (9787ޑޮލަރު) ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މިގާނޫނަށް އަމަލުކުރަން އަދި ފަށާފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *