ސްވިޒަރލޭންޑުގެ މަޝްހޫރު ކުންފުނި ”ކީބުން“ގެ ރާއްޖޭގެ ގޮފި ”ކީބޫޓް“ އިން “ ކޮންމެ ބޭފުޅަކީވެސް ނަޞީބުވެރިއެއް ”ގެ ނަމުގައި ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރޭޑިއޯ އެޓޯލްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ކީބޫޓުގެ އޮޕަރޭޝަން މެނޭޖަރ މޫސާ ނާޒިމް ވިދާޅުވީ “ ކޮންމެ ބޭފުޅަކީވެސް ނަޞީބުވެރިއެއް “ މި ޕްރޮމޯޝަނުގައި އަންނަ ޖެނުއަރީގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި އެ ފިހާރަ އިން ވިޔަފާރި ކުރާ ފަަރާތްތަކަށް ގުރުއަތުން ކޫޕަންކޮޅެއް ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ކީބޫޓުން ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކީވެސް ނަޞީބުވެރިއެއް ކަމަށެވެ.
“ އަޅުގަނޑުމެން މިފެށި ޕްރޮމޯޝަންއަކީ އަހަރުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ހަދިޔާއެއް ދިނުމުގެ ބޭނުމުގައި ފެށި ޕްރޮމޯޝަނެއް. މިތަނުން (ކީބޫޓުން) ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކީވެސް ނަޞީބުވެރިއެއް. ހަމަޔަގީން ވިޔަފާރި ކުރައްވައިފިއްޔާ ނަޞީބުބެރިއަކަށްވާނެ.“ މޫސާ ނާޒިމް ވިދާޅުވިއެވެ.
ކީބޫންގެ އުފެއްދުންތަކަކީ ބުރަ މަސައްކަތްތަކުގައި އަވަދި ނެތި އުޅޭ މީހުންގެ ފަޔާއި ބުރަކަށީގެ ރިހުންތައް ކުޑަކޮށްދޭ ގޮތަށް ފަރުމާ ކޮއްފައިވާ އުފެއްދުންތަކަކަށް ވާއިރު، މިހާރު ރާއްޖޭގައިވެސް ގިނަ ބަޔަކު އަންނަނީ މި އުފެއްދުން ބޭނުން ކުރަމުންނެވެ.
ކީބޫޓުގައި ހުންނަ ފައިވާނާއި ބޫޓަކީ ޢާންމުކޮށް މިހުންނަ ބޫޓަށްވުރެ ޚާއްޞަ ތަފާތުކަމެއްވެސް އެކުލެވިގެންވާ އުފެއްދުމުކެވެ. އެއީ މި އުފެއްދުމަކީ ފެން ނުވަތަ ތަޅުންގަނޑުގައިވެސް ކައްސާލުމުގެ ނުރައްކަލުން ސަލާމަތް ކޮއްދިނުމެވެ.
މާލޭގެ މާވެޔޮ މަގުގައި ހުންނަ ކީބޫޓު ފިހާރައިން ބުނީ މާލެ އާއި އަތޮޅު ތެރޭގެ ގިނަ ބަޔަކަށް މި އުފެއްދުން ވަރަށް ކަމުދާ ކަމަށާއި އަތޮޅުތެރެއިންވެސް ސީދާ މިބޫޓު ނުވަތަ ފައިވާން ގަތުމަށް އަންނަ ކަމަށެވެ.