މާލެއިން ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ވިލިނގިލީ ނެރުމައްޗަށް ބީހިއްޖެ

މާލެއިން މުދާ އަރުވައިގެން ފަސިންޖަރުންނާއެކު ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ވިލިނިގިއްޔަށް ވަންނަން އުޅެނިކޮށް ވިލިނގިލީ ނެރުމައްޗަށް ބީހުމާއެކު ބޯޓުގައި ތިބިމީހުން ސަލާމަތް ކުރުމުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ އެސްއޯ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:50 ހާއިރު މި ޙާދިސާ ހިނގިއިރު ބޯޓުގައި ނުވަ އަންހެނުންނާއި ހަތަރު ކުޑަކުދިންނާ އަށް ފިރިހެނުންނާ ހަތް ބިދޭސީންގެ އިތުރުން އަށް ފަޅުވެރިން ހިމެނޭ ގޮތުން ޖުމުލަ 36 މީހުން އެބޯޓުގައި ތިބި ކަމަށެވެ. އަދި މީގެ އިތުރުން އެބޯޑުގައި ގިނަ ޢަދަދެއްގެ މުދާ ހުރި ކަމަށެވެ.

ބޯޓު ބީހުމާއެކު ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު އެއްގަމަށް އެރުވުމުގައި ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލިނގިލީގައި ތިބި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނާ ބޯޓުގެ ފަޅުވެރިން ވަނީ ޙަރަކާތްތެރި ވެފައި ވާކަމަށާއި މި ޙާދިސާގައި، ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބި އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި ބޯޓުގައި ހުރި މުދަލަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފަފައި ނުވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ. ފުލުހުން ހާމަކުރާ ގޮތުގައި މިރޭގެ 19:35 ހާއިރު ބޯޓު ވަނީ ފުންކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *