ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދާ މީހަކީ ޏ. ފުވައްމުލައް، މާލެގަން / ދަނބުގަސްދޮށުގެ އިބްރާހިމް ޙުސައިން ދީދީ (33އ)އެވެ.

ފުލުހުން ބުނީ އިބްރާހިމް ޙުސައިން ދީދީ ހޯދަމުންދަނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން ބޭނުންވެ އެކި ފަހަރު މަތިން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދިފައިވާ ނުވާތީ ކަމަށެވެ.

ވީމާ އިބްރާހިމް ޙުސައިން ދީދީ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791814 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *