މ.ގޯލްޑަންބީން ގެއިން ފިސްތޯލައެއް ފެނުނު މައްސަލަ ޕީޖީއަށް ހުށަހަޅައިފި

ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ބަލައި ފާސްކުރި މ.ގޯލްޑަންބީން އިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ ތަހުގީގުކޮށް ޕީޖީއޮފީހަށް ހުށަހަޅާފައި ވާއިރު މި މައްސަލައާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން އާންމުކޮށްފަ އެއް ނުވެ އެވެ.

ފުލުހުންނާއި ހަތިޔާރު އެޅި ސިފައިންގެ ޓީމަކުން މ. ގޯލްޑަންބީން ބަލައި ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *