ފޭސްބުކުން މުސްލިމުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ، މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާނެ: މާކް ޒަކަބާގް

އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން މުސްލިމުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފޭސްބުކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ވިދާޅުވެއްޖެ އެވެ.

ޒަކަބާގް މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.

މާކް މިހެން ބުނެފައިމިވަނީ މުސްލިމުން އެމެރިކާއަށް އެތެރެވިޔަ ދީގެން ނުވާނެ ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ބުނެފައިވަނިކޮށެވެ.

ޒަކަބާގް ގެ ޕޯސްޓްގައި ބުނެފައިވަނީ ކޮންމެ ކޮމިއުނިޓީއަކަސް އެ ކޮމިޓީއަކަށް ދެވޭ ހަމަލާއަކާއި ދެކޮޅަށް ތެދުވުމަށް އޭނާގެ މައިންބަފައިން ނަސޭހަތްތެރިވެފައި ވާކަމަށާއި ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ މިނިވަންކަމަށް ހަމަލާ ދޭ ނަމަ އެންމެންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *