ވައްކަން ކޮށްގެން ފިލަން އުޅެނިކޮށް ކިނބުލެއް ކާލައިފި

އެމެރިކާގެ ފްލޮރިޑާގެ އަވަށެއްކަމުގައިވާ ބޭރފުޓް ބޭ ގެ ގިނަ ގެއަކުން ވައްކަން ކޮށްގެން ފުލުހުންއަށް ފިލަން އުޅުނު ވަގަކު ކިނބުލެއްގެ ޝިކާރައަކަށްވެ މަރުވެއްޖެއެވެ.

ނޮވެމްބަރ 13ވަނަ ދުވަހު އުމުރުން ބާވީސް އަހަރުގެ މެތިއު ރިގިންސް ވަނީ އެހެން މީހަކާއި ދެމީހުން ވެގެން، އެދުވަހު ވައްކަން ކުރަން އުޅޭކަން އޭނާގެ ލޯބިވެރިޔާގާތު ބުނެފައެވެ. ވައްކަން ކޮށްގެން ފުލުހުންއަށް ފިލިދުވަހު ނޫން އަނެއްދުވަހު ރިގިންސްގެ ލޯބިވެރިޔާ ވަނީ އޭނަ ގެއްލިގެން ފުލުހުންއަށް ރިޕޯޓުކޮށްފައެވެ.

ރިގިންސްގެ ހަށިގަނޑުފެނިފައިވަނީ ނޮވެމްބަރ 23 ވަނަދުވަހު އެއަވަށުގައި އޮންނަ ކުޅިއަކުންއެވެ. މި ކުޅިން ރިގިންސްގެ ހަށިގަނޑު ނެގުމަށް މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ޑައިވިން ޓީމާ ވަނީ ރިގިންސް އަށް ހަމަލާދިން އެގާރަ ފޫޓުގެ ކިނބޫ ދިމާކޮށްފައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ވަނީ މިކިނބޫ ހިފާ އޭތި މަރާލާފައެވެ.

ރިގިންސްގެ ހަށިގަނޑު ފެނުނުއިރި ކިނބުލެއްގެ ހަމަލާއަކުން ލިބޭފަދަ ޒަހަމްތަކެއް ހުރިކަމަށް ފުލުހުން ބުންޏެވެ. އަދި ކިނބޫގެ ބަނޑުފަޅާލައިގެން ބެލި އިރު ރިގިންސްގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ރިގިންސް އާއެކު ވައްކަން ކުރުމުގައި ބައިވެރިވި އަނެއްމީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *