ބުރުގާ އަޅާގޮތް ކަމުނުދާތީ އީރާނުގެ އަވަށެއްގައި އަންހެނުންގެ މޫނަށް އެސިޑް ޖަހަން ފަށައިފި

އީރާހުގެ ވެރިރަށް ތެހެރާންގެ ދެކުނުން 450 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ އިސްފަހާންގައި އަންހެނުން ބުރުގާ އަޅާގޮތް ކަމުނުދާތީ އެމީހުންގެ މޫނަށް އެސިޑް ޖަހަންފަށައިފި އެވެ.

ސޯޝަލް މީޑިއާ ބުނާގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި 13 އަންހެނެއްގެ މޫނަށް އެސިޑް ޖަހާފައިވެ އެވެ. އަދި އެސިޑް ޖަހާފައިވާ އަންހެނުންނަކީ ހަށިގަނޑުގެ ވަނާތައް ފާޅުވާގޮތަށް ގަޔަށް ބާރު ހެދުންލައި، ބުރުގާ އަޅާފައި ހުންނައިރު އިސްތަށިގަނޑުން ބައެއް ނޫނީ ކަރުން ބައެއް ފެންނަ އަންހެނުންނެވެ.

އިރާނުގެ ފުލުހުން މިކަމާމެދު މާބޮޑު އެއްޗެއް ނުބުނެއެވެ. ފުލުހުންގެ ފަރާތުން ޖެނެރަލް ހޮސައިން އަޝްތާރީ ބުނެފައިވަނީ އެފަދަ 4 މައްސަލަތަކެއް ހުށަހެޅިފައިވާކަމަށާއި މިހާތަނަށް އެފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ މަގުމަތީގައި ބަޔަކު ގްރޫޕްހަދައިގެން އެސިޑް ކޮތަޅު ކޮތަޅާއި ބާލިދީ ހިފައިގެން ތިބޭތަންވެސް ފެންނަ ކަމަށެވެ. އަދި ބޮލުގެ އިސްތަށިގަނޑާއި ކަރުން ބައެއް ފެންނަގޮތަށް ބުރުގާ އަޅާ އަންހެނުން ހިނގާފައި ނޫޅުމަށް ފުލުހުން އިލްތިމާސްކޮށްފައިވާކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް މީޙުން ބުނެއެވެ.

އިރާނުގެ ގާނޫނަށް 1979ގައި ގެނެސްފައިވާ އިސްލާހެއްގައިވާގޮތުން އަންހެނުން ލާންޖެހެނީ ގަޔަށް ދޫ ހެދުމެވެ. އަދި ބުރުގާ އަޅާއިރު ކަރާއި ބޮލުގެ އިސްތަށިގަނޑު ނިވާކުރަން ޖެހެއެވެ. ނަމަވެސް މި ފަހަކަށް އައިސް އިރާނުގައި ގަޔަށް ބާރު ހެދުން ލުމާއި ބުރުގާ އަޅާއިރު ކަރާއި ބޮލުގެ އިސްތަށިގަނޑު ފެންނަގޮތަށް އަންހެނުން ބުރުގާ އަޅާއުޅެއެވެ. އަދި އެފަދަ ކަންކަމަކީ މިނިވަންކަންކަމަށް ބުނެ އެ މިނިވަންކަން ގާނޫނުގެ ތެރެއިން ހޯދުމަށް ބައެއް ފަރާތަތްކުން ވަކާލާތުވެސް ކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *