ބުދަ ދުވަހުގެ ރޭ ފަރަށް އެރި ލޯންޗެއް، ފުލުހުންނާއި ނިލަންދޫ ރައްޔިތުންގެ މަސައްކަތުން ފުން ކޮށްފި

މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މ.އަތޮޅު ތުވަރުފަރަށް އެރި ލޯންޗް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ފ. ނިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ނިލަންދޫ ބައެއް ރައްޔިތުންގެ އެހީތެރިކަމާއި އެ ލޯންޗު ފުންކޮށްފިއެވެ.

ފުލުހުން ބުނީ މި ލޯންޗު ފުންކުރެވިފައިވަނީ ދެ ދުވަސްމަތިން މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ނިލަންދޫގައި މަސައްކަތްކުރާ ފުލުހުން އަދި ނިލަންދޫގެ ބައެއް އާއްމު ރައްޔިތުން ކުރަމުންދިޔަ މަސައްކަތުން އިއްޔެ ހަވީރު 17:30 ހާއިރު ކަމަށެވެ.

މި ލޯންޗް ފަރަށް އަރާފައިވަނީ  މ.މުލަކުގައި އޮތް ފުޓުބޯލަ މެޗެއް ނިންމާލުމަށްފަހު ނިލަންދޫ ޓީމުގެ ކުޅުންތެރިން ގޮވައިގެން ފ. ނިލަންދުއަށް ދަތުރުކުރަމުންދަނިކޮށް ކަމަށާއި އަދި މިކަމުގެ މަޢުލޫމާތު މުލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުންވަނީ އެސަރަޙައްދަށްގޮސް އެލޯންޗުން އެވަގުތު ދަތުރުކުރި މީހުން މުއްޔަށް ގެންގޮސްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *