އެމްއެންޑީއެފުން ބޭއްވި ފޮޓޯ މައުރަޒެއްގެ ތެރެއިން : ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ރާއްޖެ ގުޅުނުތާ 50 އަހަރު ފުރުމާއި ގުޅިގެން މިއަދާއި މާދަމާ ފޮޓޯ މައުރަޒެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައި -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބޭއްވި ފޮޓޯ މައުރަޒެއްގެ ތެރެއިން : ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ރާއްޖެ ގުޅުނުތާ 50 އަހަރު ފުރުމާއި ގުޅިގެން މިއަދާއި މާދަމާ ފޮޓޯ މައުރަޒެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައި -- ފޮޓޯ: އެމްއެންޑީއެފް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން  ހާއްސަ ފޮޓޯ މައުރަޒެއް ބާއްވަނީ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ އެޗް އޯ)ގެ މެމްބަރަކަރަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން  ބާއްވާ ޚާއްޞަ ފޮޓޯ މައުރަޒެއް ބޭއްވުމަށް ނިންމާފައި ވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ކުރިއެރުމާއި ޞިއްޙީ ދާއިރާއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް މިޑިސެމްބަރ 6-7 އަށް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ވާކަމަށާއި މިމައުރަޒު އޮންނާނީ މިދެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ދަރުބާރުގޭގެ ފާށަނާ މާލަމުގައި ކަމަށެވެ.

މީގެ އިތުރުން މި މައުރަޒުގައި ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީރެތިކަމާއި، އަދި، ޞިއްހި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ދައްކުވައިދޭ ފޮޓޯތައް ދައްކުވައި ދޭނެ ކަމަށާއި އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ޞިއްޙީދާއިރާގެ އެހާރާއި މިހާރުގެ ފޮޓޯތައް ދައްކުވައި ދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *