ކޮހިނޫރު
ކޮހިނޫރު

އިނގިރޭސި ރާނީއާއި ދެކޮޅަށް ދައުވާ ކުރުމަށް ޕާކިސްތާނުންވެސް ނިންމައިފި

ކޮހިނޫރު ހޯދުމަށް އިންޑިއާގެ ވިޔަފާރިވެރިއަކު އިނގިރޭސި ރާނީއާއި ދެކޮޅަށް އިންޑިއާގެ ކޯޓެއްގައި ދައުވާ ކުރަން ނިންމާފައި ވަނިކޮށް ހަމަ އެ ކޮހިނޫރު ހޯދުމަށް ޕާކިސްތާނުގެ ރައްޔިތަކުވެސް އިނގިރޭސި ރާނީއާއި ދެކޮޅަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އެ ގައުމުގެ ގާނޫނީ ވަކީލެއް ކަމުގައިވާ އިގްބާލް ޖަފްރީ ބުނެފައިވަނީ ކޮހިނޫރު އަލިމަހަކީ އިންޑިއާގެ މިލްކެއް ނޫން ކަމަށާއި އެ އަލިމަސް ނިސްބަތްވަނީ ޕާކިސްތާނުގެ ޕަންޖާބަށް ކަމަށެވެ. އަދި އެއީ ޕާކިސްތާނުގެ އާސާރީ ހައްގެއް ކަމަށާއި އެ މައްސަލަ އިންޓަނޭޝަނަލް ކޯޓުތަކާއި ހަމައަށް ގެންދިއުމަށް ވިސްނަމުން އަންނަ ކަމަށްވެސް ޖަފްރީ ބުނެފައި ވެ އެވެ.

ބައެއް ރިޕޯޓުތަކުން ހާމަވާގޮތުގައި އިންޑިއާގެ ކޮހިނޫރު ޖަވާހިރަކީ 1849 ވަނަ އަހަރު އިންޑިއާގެ ސިކުންގެ ލީޑަރެއް ކަމަށްވާ ޑުލީޕް ސިންގ ރާނީއަށް ހަދިޔާކޮއްފައިވާ އެއްޗެކެވެ. އެހެން ނަމަވެސް އަނެއްބައި ބައި-ރިޕޯޓުތައް ބުނާގޮތުން އެއީ އޭރު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އިންޑިއާގައި ތިބި އިގިރޭސިން އެ ކޮހިނޫރު ގެންދިޔައީ އެވެ.

ކޮހިނޫރު ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ އަނބުރާ ދިނުމަށް މީގެކުރިންވެސް ވަނީ އިންޑިއާއިން އެދިފައެވެ. އަދި އިންޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް 1997 ވަނަ އަހަރު ރާނީ އެލިޒަބަތު 2، ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ގިނަ ފަރާތްތަކަކުން ވަނީ ކޮހިނޫރު އަނބުރާ ދިނުމަށް އެދިފައެވެ.

އޭގެ ފަހުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރޫން 2013 ފެބުރުއަރީގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ކޮހިނޫރު ދޭން ބުނެ އިންޑިއާއިން އެދުމަކީވެސް ބުއްދި ޤަބޫލުކުރާ ކަމެއް ނޫން ކަމަށެެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *