މިދިޔަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ފެން ބެހި އިރު ދެ ކުއްޖަކު ފެން ގެންދަނި -- ދުވަސް ފައިލްފޮޓޯ
މިދިޔަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ފެން ބެހި އިރު ދެ ކުއްޖަކު ފެން ގެންދަނި -- ދުވަސް ފައިލްފޮޓޯ

ތާރީހުން މިއަދު: ”މާލެއަށް ފެނުގެ ދަތިކަން“ ދިމާވިތާ އެއް އަހަރު

އެއީ މި ފަހުގެ ތާރީހެއްގައި މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އައިސް އުޅޭ ރައްޔިތުންނަށް ދިމާވި އެންމެ ހިތްދަތި ދުވަސްތައް ކަމާމެދު ޝައްކެއް ނެތެވެ. 04 ޑިސެމްބަރު 2014 ވީ ބުރާސްފަތި ދުވަހު އެމްޑަބްލިއު އެސްސީގެ އިންޖީނެއްގައި އަލިފާން ރޯވުމާއެކު އެމްޑަބްލިއު އެސްސީގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ. އަދި ދިމާވި އެ ހާދިސާއާއެކު ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް މާލެ ފެނަށް ޖެހުނެވެ.

އެދުވަހު އެމްޑަބްލިއުއެސްސީގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގީ މެންދުރުފަހު 14:30 ހާއިރު އެވެ. މާ ގިނަ އިރެއްނުވެ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަލިފާންގަނޑު ނިއްވައިލި އެވެ. އޭރު ބޮޑު ކާރިސާއެއް އަންނަން އުޅޭކަމުގެ އިސާރާތެއް ނެތް ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފެށޭ ވަރުވާނީ އެދުވަހުގެ ރޭގެ ވަގުތެއްގައި ކަން އެމްޑަބްލިއުއެސްސީން އިއުލާނު ކުރުމާއިއެކު ރައްޔިތުން ފިހާރަތަކަށް ގޮސް ފެން ގަންނަން ފެށި އެވެ.

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ: ހަވީރު
އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާ — ފޮޓޯ: ހަވީރު

އިސާހިތަކު ފެނުގެ އަގު އުފުލިގެން ދިޔަ އެވެ. ފިހާރަތަކުން ފެން ހުސްވެ ފެން ވިއްކުން ހުއްޓައިލި އެވެ. އެ ދުވަހުގެ ރޭ ފެން ވޯޓާ ސަޕްލައި ފެން ލިބޭނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް ފެން ލިބޭ ގޮތެއް ނުވެ އެވެ.

އެ ދުވަހުގެ އިރުއޮއްސި 6:40 ހާއިރު އެމްޑަބްލިއުއެސްސީ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ހާމަކުރީ އިންޖީނު ހެދުމަށް ބޭނުންވާ ސްޕެއާ ބޭރުން ގެނައުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި އެ ރޭ އެއް ގަޑިއިރަށް ފެން ދޫކުރާނެ ވާހަކަ އެވެ. އަދި އަނެއް ދުވަހުގެ ހެނދުނުވެސް އެއް ގަޑިއިރަށް ފެން ދޫކުރާނެކަން އިއުލާނު ކުރި އެވެ.

ފެނުގެ ކާރިސާއާއި ގުޅިގެން ރައީސް އެކުލަވާލި ޓާސްކްފޯސް -- ފޮޓޯ: ހަވީރު
ފެނުގެ ކާރިސާއާއި ގުޅިގެން ރައީސް އެކުލަވާލި ޓާސްކްފޯސް — ފޮޓޯ: ހަވީރު

އެއީ ކާރިސާއެއް ކަމަށް ސަރުކާރުން ނިންމާފައި ވާކަން އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިއުލާނު ކުރެއްވި އެވެ. އަދި އާންމުކޮށް ބުއިމަށް ބޭނުންވާނެ ފެން ދޫކުރުމުގެ ނިޒާމެއް ސަރުކާރުން ހަމަޖައްސާނެކަން ޓާސްކްފޯހުން އިއުލާނު ކުރި އެވެ. އަދި ފެން ފޯރުކޮށްދޭނީ ހިލޭ ކަންވެސް ސަރުކާރުން އިއުލާނު ކުރި އެވެ.

އެންމެ ފުރަތަމަ ސަރުކާރުގެ ފަރާތުން އާންމު ރައްޔިތުންނަށް ފެން ބަހަން ފެށީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން ފިހާރަތަކަށް ގެންގޮސްގެންނެވެ. ނަމަވެސް ފަހުން ވަނީ އެ އިންތިޒާމް ބަދަލުކޮށް ސްކޫލުތަކާއި މާލޭގެ އެކި ސަރަހައްދުތަކުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. ބާލިދީފަދަ ތަކެތި ވިއްކާ ފިހާރަތަކުގައި އެފަދަ ތަކެތީގެ ޑިމާންޑް ބޮޑުވެގެން ދިޔަ އެވެ.

10850210_1015757868449732_1974555601950944729_n

10846416_1017156921643160_4828109959102249418_n

އެދުވަހުގެ ރޭ ޓާސްކްފޯހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. 10:40 ހާއިރު އެވެ. އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ޖެހިގެން އަންނަ ދުވަހު (5 ޑިސެމްބަރު) މެންދުރާ ހަމައަށް ފެނުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި ކޮންމެ މީހަކަށް ހަތަރު ފުޅި ފެން ދޫކުރާނެކަންވެސް އިއުލާނު ކުރެއްވި އެވެ.

ޖެހިގެން އައި ދުވަހު ފެން ދޫކުރާ ސަރަހައްދުތަކުގައި ކިއުތައް ދަމާލި އެވެ. އެތައް ސަތޭކަ ބަޔަކު އެތައް އިރަކު ފެންފުޅިއެއްގެ އިންތިޒާރުގައި ތިބި މަންޒަރު އެއީ އެދުވަހު އާންމުކޮށް ފެންނަމުން ދިޔަ މަންޒަރެވެ. ދެ ދުވަސް ވީ އިރުވެސް މާލެ ފެނަށް ޖެހުމުގެ ކާރިސާ ދިޔައީ ކުރިއަށެވެ.

10846375_1014839531874899_5423993695451252963_n

ފެނުގެ ކާރިސާއަށް އިންޑިއާއިން އެހީވާނެކަން އެގައުމުން އިއުލާނު ކުރި އެވެ. އަދި އެދުވަހުގެ (5 ޑިސެމްބަރު) ގެ މެންދުރުފަހު އިންޑިއާއިން ފެން ހިފައިގެން ފްލައިޓެއް އަންނާނެކަން އިއުލާނު ކުރި އެވެ. ފެނުގެ ދަތިކަން ދިޔައީ އިތުރު ވަމުންނެވެ. ކިއުތައް ދިޔައީ ދިގުވަމުންނެވެ. ފެން ދޫކުރާ ސަރަހައްދުތައް ދިޔައީ އިތުރު ވަމުންނެވެ.

ފެނުގެ އެހީއާއެކު އިންޑިއާއިން އައި ފްލައިޓެއް -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފެނުގެ އެހީއާއެކު އިންޑިއާއިން އައި ފްލައިޓެއް — ފޮޓޯ: ފޮރިން މިނިސްޓްރީ

ފެން ހިފައިގެން އިންޑިއާއިން އައި ފުރަތަމަ ފްލައިޓް ލޭންޑް ކުރީ 2:00 ހާއިރު އެވެ. އެ ފްލައިޓުން 20 ޓަނުގެ ފެން ގެނަ އެވެ. އެ ދުވަހުގެ އެ ވަގުތުގެ ނިޔަލަށް 77،333 ޓަނު ފެން ދޫކޮށްފައިވާކަން އެމްއެންޑީއެފުން ހާމަކުރި އެވެ.

ފެން ހިފައިގެން އިންޑިއާއިން އައި ދެވަނަ ފްލައިޓް ލޭންޑްކުރީ އެދުވަހު ހަވީރު 4:15 ހާއިރު އެވެ. އެ ބޯޓުން 28 ޓަނު ފެން ގެނަ އެވެ.

ފެން ހިފައިގެން އިންޑިއާއިން އައި ދެވަނަ ފްލައިޓް -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފެން ހިފައިގެން އިންޑިއާއިން އައި ދެވަނަ ފްލައިޓް — ފޮޓޯ: ފޮރިން މިނިސްޓްރީ

އެދުވަހު ހަވީރު ރައީސް ޔާމީން ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ ފެނުގެ މައްސަލަ ހައްލު ވަންދެން ވެސް އެކި ޒަރޫރީ ބޭނުންތަކަށް ފެން ލިބޭނެ އިންތިޒާމު ވަރަށް ފުރިހަމަ އަށް މި ޓާސްކް ފޯހުން ހަމަޖައްސަމުން ގެންދާކަން ފާހަގަކުރާ ކަމަށެވެ.

އިންޑިއާއެކޭ އެއްފަދައިން އަވަށްޓެރި ލަންކާއިންވެސް ރާއްޖެއަށް ފެން ހަދިޔާ ކުރި އެވެ. ލަންކާއިން ފެން ހިފައިގެން އައި ފްލައިޓް ލޭންޑްކުރީ އެ ދުވަހުގެ ރޭ 8:30 ހާއިރު އެވެ. އެ ފްލައިޓުން ގެނައީ 5.6 ޓަނުގެ ފެނެވެ.

އެ ރޭ 10:00 ހާއިރު ފެން އުފައްދާ މަނަވަރެއް އިންޑިއާއިން ރާއްޖެ ފޮނުވި އެވެ. އެ މަނަވަރު ރާއްޖެ އައި އިރުވެސް 50 ޓަނު ފެން ގެނަ އެވެ. އެ މަނަވަރަކީ ދުވާލަކު 70 ޓަނު ފެން އުފެއްދޭ މަނަވަރެކެވެ. އިންޑިއާއިން ފެން ހިފައިގެން އައި ތިންވަނަ ފްލައިޓް ރާއްޖެ އައީ އެރޭ 11:00 ހާއިރު އެވެ.

ފެނުގެ ކާރިސާގެ ތިން ވަނަ ދުވަސް (6 ޑިސެމްބަރު 2014) ވެސް ކުރިއަށް ދިޔައީ އަސްލު މައްސަލައަށް ހައްލެއް ނުލިބި މަގުމަތީގައި ފެން ބެހުމުގަ އެވެ. ބޭރު ގައުމުތަކުން އެހީތައް ލިބެމުން ދިޔަ އެވެ. އެމްޑަބްލިއުއެސްސީގެ އިންޖީނަށް ލިބުނު ގެއްލުން މީޑިއާއަށް ދައްކާލީ އެދުވަހު މެންދުރުގެ ވަގުތެއްގަ އެވެ. އެ ދުވަހު ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑި އިރުގެ ތެރޭގައި ތިން ޕްލާންޓް ހެދޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެ އެވެ.

10846144_1014760861882766_3105024978386825821_n

10845921_1015760061782846_9086908241436269882_n

10806468_1015755095116676_4455080546931943562_n

10806442_1014757815216404_2956003811893103570_n

ފެނުގެ ކާރިސާ ހިނގި އިރު ރައީސް ޔާމީން ހުންނެވީ މެލޭޝިޔާގަ އެވެ. ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ނިންމެވިކަން އިއުލާނު ކުރެއްވީ ކާރިސާގެ ތިން ވަނަ ދުވަހު އެވެ. އެކަން އިއުލާނު ކުރެއްވީ މިހާރު ޖަލުގައި އޮންނެވި އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާ އަހުމަދު އަދީބެވެ.

10805827_1014894018536117_7152750151919195573_n

10805761_1015118448513674_2113058294199119976_n

10805742_1015759705116215_8166498797342111640_n

10805712_1014674275224758_7255850450957878572_n

ފެނުގެ ކާރިސާއަށް ހަތަރުވަނަ ދުވަހު (7 ޑިސެމްބަރު 2014) ގައި އެމްޑަބްލިއުއެސްސީއަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަދުވެގެން 20 މިލިއަން ޑޮލަރު ބޭނުންވާނެކަން ސަރުކާރުން އިއުލާނު ކުރި އެވެ. އަދި އެކަމަށް ފަންޑު ފޮއްޓެއް ހުޅުވި އެވެ. 600 ޓަނުގެ ފެން ހިފައިގެން ޗައިނާގެ މަނަވަރެއް ރާއްޖެ އައި އެ ދުވަހު އެވެ. ފެނުގެ މައްސަލަ ހައްލުކުރަން ޗައިނާ ސަރުކާރުން ރާއްޖެއަށް ފަސް ލައްކަ ޑޮލަރުގެ އެހީއެއް ދިނީވެސް ފެނުގެ ކާރިސާއަށް ހަތަރުވަނަ ދުވަހު އެވެ.

10801914_1014839515208234_538695878101326628_n

10801594_1014818301877022_700946432204390533_n

10649733_1015588861799966_8821562273378789423_n

10641182_1014674271891425_547870828382658194_n

ފެނުގެ ކާރިސާއަށް ފަސް ދުވަސް (8 ޑިސެމްބަރު) ވީ އިރުވެސް އެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ. މަގުމަތިން ފެން ބަހަމުން ދިޔަ އެވެ. ފަންޑު ފޮށްޓަށް އެކި ފަރާތްތަކުން އެހީވަމުން ދިޔަ އެވެ. ޓާސްކްފޯހުން މަސައްކަތް ކުރަމުން ދިޔައީ މައްސަލަ ހައްލު ކުރުމަށެވެ. ފެނުގެ ކާރިސާއަށް ލުޔެއް ލިބި ފުޅީގައި ބަންދުކުރި ފެން ބެހުން ހުއްޓާލީ ފެނުގެ ކާރިސާއަށް ހަވަނަ ދުވަހު (10 ޑިސެމްބަރު) ގަ އެވެ. ކާރިސާއަށް ކުޑަ ނަމަވެސް ލުޔެއް ލިބިގެން ދިޔައީ އެމްޑަބްލިއުއެސްސީގައި ކޮންމެވެސް ވަރަށްކަށް ފެން ތައްޔާރުކޮށް އެ ފެން ދޫކުރަން ފެށުމުންނެވެ.

10640984_1015755025116683_1234278038424158763_n

10428421_1015754928450026_3902969549798144523_n

10417442_1015588681799984_6200952174175582752_n

10411046_1015588688466650_4352094134840881425_n

އާ ޕެނަލް ބޯޑުތައް ރާއްޖެ ގެނައީ ފެނުގެ ކާރިސާއަށް ހަތް ދުވަސް ވި ދުވަހު (11 ޑިސެމްބަރު) ގަ އެވެ. އެދުވަހު ތިން ދުވަސް ވަންދެން 24 ގަޑިއިރަށް ފެން ދޫކުރަން ނިންމި އެވެ. އަދި ޖެހިގެން އައި ދުވަހު ޕެނަލް ތައް ހަރުކުރުމުގެ މަސައްކަތް ފެށި ފެނުގެ ކާރިސާއަށް ނިމުން އައެވެ.

10407451_1015755101783342_7808613430687733118_n

10402700_1015757008449818_2692492662861241641_n

1800350_1014818318543687_7811234685784666429_n

1510414_1014651705227015_1775897292828458173_n

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *