ގއ ވިލިނގިލީ ގެއަކުން ވަގަށްނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ތަކެތި ހޯދައި މިތަކެތި ވަގަށް ނަގައި ވިއްކި ކަމުގެ ތުހުމަތުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ނޮވެމްބަރު 29 ވަނަ ދުވަހު ވިލިނގިލީ ގެއަކުން ބައެއް ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ހުށަހެޅުމާ ގުޅިގެން ކުރެވުނު މަސައްކަތުން އެތަކެތި ފެނިފައިފައިވަނީ މިމައްސަލާގައި ތުހުމަތު ކުރެވުނު މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާއާއި ސުވާލުކުރުމުން އެތަކެތި ނުއަގުގައި ވިއްކާފައިވާކަމުގެ މަޢުލޫމާތު ދިނުމުން ފުލުހުން ގޮސް އެތަކެތި ހޯދުމުން ކަމަށެވެ.

ވިލިނގިލީ ގެއަކުން ގެއްލިފައިވާ ކަމަށް ހުށަހެޅިގެން ހޯދާފައިވަނީ 2 ރޯލު ނަރާއި 2 މޮބައިލް ފޯނު ކަމަށާއި މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *