ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަރީފު، މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
އަޙްމަދު ޢަރީފު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސީޕީގެ މަގާމުގަށް މިއަދު އަރީފް އައްޔަން ކުރެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ވަހީދު މަގާމުން ދުރުކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޮކްޓޯބަރު 23 ވަނަ ދުވަހު ވަނީ އައްޔަން ކުރައްވާފަ އެވެ.