މީޤާތު ހައްޖު – އުމްރާ ގްރޫޕްގެ ފަރާތުން އަންނަ އަހަރު އުމްރާ ހަތް ދަތުރު

މީޤާތު ހައްޖު – އުމްރާ ގްރޫޕްގެ ފަރާތުން އަންނަ 2016 ވަނަ އަހަރު އުމްރާގެ ހަތް ދަތުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށާއި ފުރަތަމަ ދަތުރު ކުރިއަށްދާނީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގްރޫޕުން ހާމަކޮށްފި އެވެ.

2012 ވަނަ އަހަރު ވުޖޫދަށް އައި އެ ގްރޫޕުން މިހާތަނަށް ތިން އަހަރު އުމްރާ ދަތުރުތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ގްރޫޕުން ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 2018 އަށް ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ތެރޭގައި އުމްރާ ހަތް ދަތުރު ކުރުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

”ފުރަތަމަ އުމްރާ ކުރިއަށް ދާނީ ޖަނަވަރީ 15 އިން 30 އަށް، ރޯދައިގެ ކުރިން އުމްރާ ފަސް ދަތުރު ކުރާނެ، ރޯދަމަހުގެ ފުރަތަމަ 15ގަ އެއް ދަތުރު ފަހު 15ގަ އެއް ދަތުރު ކުރިއަށްދާނެ، ކޮންމެ އުމްރާ ދަތުރެއްގެ ތެރެއިން ތިން އުމްރާ ކުރިއަށްދާނެ، އެއީ މައްކާއަށް އެއް ދަތުރު މަދީނާއަށް އެއް ދަތުރު އަދި މައްކާދޫކޮށް ބޭރަށް ދާ އުމްރާ އެއް ދަތުރު، ފަހު ދަތުރު އެއީ ހިލޭ ކުރިއަށް ދާ ދަތުރެއް، އާންމު ގޮތެއްގައި އެހެން ގްރޫޕުތަކުން މި ދަތުރު ނުކުރާނެ“ އެ ގްރޫޕުން ހާމަކުރެ އެވެ.

މީޤާތު ހައްޖު – އުމްރާ ގްރޫޕުން ހާމަކުރާ ގޮތުގައި އުމްރާ ދަތުރުތައް ކުރިއަށްގެންދާއިރު މައްކާ އަދި މަދީނާގައިވެސް ހޮޓާތައް ހަމަޖައްސާފައި ހުންނަނީ ވަރަށް ކައިރީގަ އެވެ. އަދި އުމްރާ ދަތުރު ކުރިއަށްދާއިރު ހަތިމް ޗާޕު ކުރާ ތަނަށާއި ދާރުލް އާސާރަށް ޒިޔާރަތް ކުރާނެ ކަމަށްވެސް އެ ގްރޫޕުން ހާމަކުރެ އެވެ.

އެ ގްރޫޕުން އިތުރަށް ހާމަކުރާ ގޮތުގައި އުމްރާއަށް ދާއިރު ބޮލަކަށް ނަގަނީ 22،800 ރުފިޔާ އެވެ. އުމްރާއަށް ދާ ދަތުރުވެރިންނާއެކު ސިއްހީ އެހީތެރިއެއްގެ ގޮތުގައި ދަތުރު ކުރަނީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށާއި ސެއިޚް އަކާއި މީޤާތު ހައްޖު – އުމްރާގެ ފަރާތުން ބޭފުޅަކާއި ކައްކާއަކާއި ކައްކާގެ އެހީތެރިއެއްގެ ގޮތުން މީހަކު ކޮންމެ ދަތުރެއްގައި ދަތުރު ކުރާނެ ކަމަށްވެސް އެ ގްރޫޕުން ހާމަކުރެ އެވެ.

މީޤާތު ހައްޖު – އުމްރާ ގްރޫޕްގެ ހޮޓް ލައިން ނަމްބަރަކީ ވައިބާގައި ނަމަ 9774047 އެވެ. ގުޅުއްވަން ބޭނުންފުޅު ނަމަ 7794047 އެވެ. މި ގްރޫޕްގެ މެއިލް އެޑްރެސް އަކީ [email protected] އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *