ޚިތާނީ ކޭމްޕް ވަރަށް ކާމިޔާބު ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފި

ބޮޑު ޗުއްޓީއާއި ދިމާކޮށް ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދާ ހިތާނީ ކޭމްޕް ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ އެޑްމިން އިންޗާޖް ވިދާޅުވީ އެ ހޮސްޕިޓަލުން އިއްޔެ ފެށި ހިތާނީ ކޭމްޕަށް އަތޮޅު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މި ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ ކޭމްޕް ހިމެނޭ ސަރަހައްދު --
ގަމު ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ ކޭމްޕް ހިމެނޭ ސަރަހައްދު —

12308916_10205453716490215_1408384094_n

”އިއްޔެއިން ފެށިގެން މިމަހުގެ 10 އާއި ހަމައަށް ތިން ބުރަކަށް ބަހާލައިގެން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި މިވަނީ ކުރިއަށް އޮތް ތިން ބުރަށްވެސް ބެޑްތައް މިހާރު ހުރީ ފުލްވެފައި، އިތުރަށްވެސް ހުށަހެޅުންތައް އެބަ އާދޭ“ ފަހުދު ވިދާޅުވި އެވެ.

CVNAeLvUYAAM3O2

12309381_10153391933940819_1727737682_n

ފަހުދު އިތުރަށް ވިދާޅުވީ ހިތާނީ ކޭމްޕް ކުރިއަށްދަނީ ހިލޭ ބައިވެރިވެވޭ ގޮތަށް ކަމަށާއި މި ހިތާނީ ކޭމްޕްގެ ހުރިހާ ހަރަދެއް ކުރަނީ ހޮސްޕިޓަލުންނާއި ލިބޭ ސްޕޮންސާ ތަކުން ކަމަށެވެ. އަދި މި ކޭމްޕް ކުރިއަށްދަނީ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އެކުގައި ކަމަށްވެސް ފަހުދު ވިދާޅުވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެ ހޮސްޕިޓަލުން ހިތާނީ ކޭމްޕެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި ކޭމްޕްގައި ހަ އެނދު ބަހައްޓާފައި ވާއިރު މި ކޭމްޕަކީ މުޅި އަތޮޅަށް ހުޅުވާލައިގެން ހިލޭސާބަހަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް ހޮސްޕިޓަލުން ހާމަކުރެ އެވެ. އަދި މިހާތަނަށް ހިތާނީ ކޭމްޕުގައި އަތޮޅުގެ އެކި ރަށްރަށުން ބައިވެރިވެފައި ވާކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެ އެވެ.

12319492_10205453717770247_1291926846_n

އެ ހޮސްޕިޓަލުން އިތުރަށް ބުނީ މި ކޭމްޕް ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވުމުގެ ސިއްރަކީ އެ ހޮސްޕިޓަލްގެ ހީވާގި މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުމާއި ހިތްވަރު ކަމަށެވެ. އަދި މި ކޭމްޕުގެ ކާމިޔާބީ އަށް ރިއާޔަތްކޮށް އަންނަ އަހަރު ތ އަދި ލ އަތޮޅަށް އަމާޒުކޮށް ހިތާނީ ކޭމްޕް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ވިސްނަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެ އެވެ.

12335897_10153391933645819_909298277_n

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *