ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ތަޙުޤީޤީ މަރުހަލާ އަވަސްވުމަކީ ވަރަށް މުހިއްމުކަމެއް: ސަޢުދީ

ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ތަޙުޤީޤީ މަރުހަލާ އަވަސްވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލެ އަތޮޅު ކާށިދޫ ޕޮލިސް ސްޓޭޝަންގެ އާ ޢިމާރާތް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޑިސީޕީ ވިދާޅުވީ ކާށިދޫގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ޚިދުމަތުގައި ރައްޔިތުންގެ ބައިވެރިވުން ދެންވަންވީ އެންމެ ފުރިހަމަ ގޮތުގައި ލިބުނު ލާމަސީލު މިސާލެއް ކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތް ދިނުމަށް ކާށިދޫގައި ފެންވަރު ރަނގަޅު އިމާރާތެއް ލިބިގެން ރަސްމީކޮށް ބޭނުންކުރަން ފެށުމުން ހުށަހެޅޭ މައްސަލަތައް މަދުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ތަޙުޤީޤީ މަރުހަލާ އަވަސްވުމަކީ ވަރަށް މުހިއްމުކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ރަޢޫފް ވިދާޅުވީ ކާށިދުއަކީ ކުށްމަދު އަމާން މުޖުތަމަޢަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. އަދި މިއަދު ހުޅުވި އިމާރާތާ އެކު ކާށިދޫގައި ދެމުންދާ ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް ރަށު ތެރެ ޕެޓްރޯލްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަމާން ވެއްޓެއް ޤާއިމްކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކާށިދޫގައި މިއަދު ހުޅުވިގެން ދިޔަ ޕޮލިސް ސްޓޭޝަނަކީ ރަށު ކައުންސިލާއި ރައްޔިތުން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވަ އިމާރާތެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *