ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުން އަބަދުވެސް އޮތީ ތައްޔާރަށް: މޯދީ

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 18 ވަނަ ސާކް ސަމިޓްގެ ހަވާސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ‏‏އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މި ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ‏‏ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމާއި ބެހޭގޮތުން ‏‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ‏‏ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *