ދި ޔޫތް މޫވްމަންޓްގެ އަހަރީ ކައްޓި ހިއްވަރު ފެސްޓިވަލްގެ ޓެލެކޮމް ޕާރޓްނަރަކަށް އުރީދޫ

ދި ޔޫތު މޫވްމެންޓުން ކުރިއަށް ގެންދާ ކައްޓި ހިއްވަރު ފެސްޓިވަލްގެ ޓެލެކޮމް ޕާޓްނަރަކީ އުރީދޫ ކަން އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.

ކައްޓި ހިއްވަރު ފެސްޓިވަލް އަކީ ދިޔޫތް މޫވްމަންޓް އިން ފަންނު، ޘަގާފަތް، ތާރީޚް، ބަސް އަދި ތިމާވެއްޓަށް ޝައުގުވެރިކަން އިތުރުކޮށް، އެކަންކަމަށް ލޯބި އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ފެސްޓިވަލް އެކެވެ. ކައްޓި ހިއްވަރު މެދުވެރިކޮށް ކުރިއަރަމުން އަންނަ ފަންނުވެރީންގެ ހުނަރުތައް، ދިވެހިރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް ތައާރަފް ކޮށް، އެ ދާއިރާއަށް އައު ފުރުޞަތުތަކެއް ފަހިކޮށްދެއެވެ. މި ފެސްޓިވަލްގެ އަމާޒަކީ ޒުވާނުން ޝާމިލްވާ މުޖުތަމައުއެއް އާލާކޮށް، މި ބައިވެރިވުމުގެ ސަބަބުން ޒުވާނުންނާއި މެދު އާންމު މުޖުތަމައުގެ ވިސްނުން ރަގަޅުކޮށް، ކުރިއަށް އޮތް ޖީލުތައް ބާރުވެރިކޮށްދިނުމެވެ.

”އަޅުގަނޑުމެން ޤަބޫލުކުރާގޮތުން މިއަދުގެ ޒުވާނުންނަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކަށް އުފެއްދުންތެރި ޙައްލުތައް ހޯދާނެ، މުޖުތަމައުއަށް ގިނަގުނަ ތަރައްގީ ގެނުވަދޭނެ، ތޫނުފިލި ވިސްނުންތެރި ބައެއް. އެހެންކަމުން ދި ޔޫތް މޫވްމަންޓްގެ ކައްޓި ހިއްވަރު ފެސްޓިވަލް ފަދަ ޒުވާނުން ބާރުވެރިކޮށްދޭ، އަދި ފަންނުވެރިކަމުގެ މާޙައުލުގައި އަރަމުން އަންނަ ޒުވާން އާޓިސްޓުން އެދާއިރާގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގުޅުވާލަދީގެން ތަފާތު ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދޭ ފެސްޓިވަލް އަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން ކައްޓި ހިއްވަރު ފެސްޓިވަލް އަށް އުރީދޫ އިން މުވާޞަލާތީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫ އިން ހާމަކުރެ އެވެ. މިފެސްޓިވަލް ކުރިއަށްދާނީ ދެއަކުން ޑިސެމްބަރ އިން ފެށިގެން ފަހެއް ޑިސެމްބަރ ގެ ނިޔަލަށް، ނޭޝަނަލް އާރޓް ގެލަރީގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *