ހައުސިން މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކުރައްވައިފި އެވެ.
އެ މިނިސްޓްރީ ހިންގެވުން ހޯމް މިނިސްޓަރާ ހަވާލު ކުރައްވާފައި މިވަނީ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައުސިން މިނިސްޓަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގަ އެވެ.