ވާދަވެރި ކުޅުމަކަށްފަހު ޗެމްޕިއަންކަން އޯކިޑު ހޯދައިފި

އއ. މާޅޮސް ބަށި ލީގުގެ ޗެމްޕިއަންކަން ވާދަވެރި ކުޅުމަކަށް ފަހު އޯކިޑު ޓީމުން ހޯދައިފިއެވެ.

އެރަށު ބަށި ކޯޓުގައި އިއްޔެ ކުޅުނު ފައިނަލްމެޗުގައި އޯކިޑު ޓީމުން ޗެމްޕިއަންކަން ހޯދީ އަންޓަޗަބަލް އާބައްދަލުކޮށެވެ.

އއ. މާޅޮސް ކައުންސިލު އިދާރާއިން އިންތިޒާމުކޮއްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް =/3000 ރުފިޔާ އަދި ރަނަރ އަޕް ޓީމަށް =/1500 ރުފިޔާގެ ފައިސާގެ އިނާމާއި ޗެމްޕިއަން ޓީމަަށް ތައްޓާއި އެކިވަނަތަކަށްދިޔަ ފަރާތްތަކަށް އިނާމާއި ހަންދާނީ ލިޔުންވަނީ އިއްޔެގެ ފައިނަލް މެޗަށްފަހު ޙަވާލުކޮއްފައެވެ.

މި މުބާރާތުގައި އެންމެގިނަ ފޯލި ހިފާ، އެންމެގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ އިތުރުން ބަށި ރާނީގެ ޝަރަފުވެސް ހޯދާފައިވަނީ  އޯކިޑު ޓީމުގެ މަރިޔަމް ނަޢީމާއެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް އަންޓަޗަބަލް ޓީމުގެ ޢައިޝަތު ނަޝާޔާ އެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމު އަދި ރަނަރ އަޕް ޓީމުގެ މަޤާމު އަންޓަޗަބަލް ޓީމަށް ލިބުނު އިރު، އެންމެ މޮޅު ކޯޗުގެ މަޤާމު ލިބުނީ އަންޓަޗަބަލް ޓީމުގެ ކޯޗު ޙައްވާ ނިޝާޔާއަށެވެ.

މިއީ ކަނބަލުންގެ މެދުގައި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫޙު އާލާ ކުރުމާއެކު ބަށި ކުޅުމުގެ ހުނަރު ހުރި ފަރާތްތަކަށް އެފުރުޞަތު އިތުރަށް ތަނަވަސްކޮއްދިނުމުގެ މަޤުޞަދުގައި އއ. މާޅޮސް ކައުންސިލު އިދާރާއިން އިންތިޒާމުކޮއްގެން ކޮންމެ އަހަރަކުވެސް އެރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *