އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް 2015 ގެ ގުރުއަތުލުން ބާއްވައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް 2015 ގެ ގުރުއަތުލުން ހުކުރު ދުވަހުގެ ރޭ ބާއްވައިފި އެވެ.

އެސްޓީއޯއިން ބުނީ މިދިޔަ ތިން އަހަރެކޭވެސް އެއްފަދައިން އެސްޓީއޯ އިން އިންތިޒާމްކޮށްގެން ބާއްވާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށާއި އެގޮތުން މުބާރާތް ކުރިއަށްދާނެ ގޮތުގެ ގުރުއަތުލުން ހުކުރުދުވަހުގެ ރޭ ހޯމްއިމްޕްރޫވްމަންޓްގައި ބާއްވާފައި ވާކަމަށެވެ.

”މިއަހަރުގެ މުބާރާތުގައި 21 ޓީމަކުންވަނީ ބައިވެރިވެފައި، އޭގެތެރޭގައި އަތޮޅުތެރެއިން 11 ޓީމެއް އަދި މާލެއިން 10 ޓީމެއް ހިމެނޭ، މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން މިއަހަރުވެސް މުބާރާތުގައި ވަނީ ބައިވެރިވެފައި، މުބާރާތް ކުރިއަށްދާނި ހަތަރު ގްރޫޕަކަށް ބަހާލައިގެން، އަދި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު ދެމެޗް، ހަވީރު ދެމެޗް އަދި ރޭގަނޑު ދެމެޗު، މުބާރާތް ކުރިއަށްދާނީ 02 ޑިސެމްބަރ 2015 ވާ ބުދަ ދުވަހުން ފެށިގެން 12 ޑިސެމްބަރ 2015 ގެ ނިޔަލަށް މާފަންނު ސްޓޭޑިއަމް ވޮލީ ކޯޓުގައި“ އެސްޓީއޯ އިން ހާމަކުރެ އެވެ.

އެސްޓީއޯއިން ހާމަ ކުރާގޮތުގައި މިއަހަރުވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް – 100,000/- (އެއްލައްކަ ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހެޅިފައިވެއެވެ. އަދި ދެވަނަ ޓީމަށް 50,000/- (ފަންސާސްހާސް ރުފިޔާ)، ތިންވަނަ ޓީމަށް  25,000/-(ފަންސަވީސްހާސް ރުފިޔާ) އަދި ފެއަރޕްލޭ ޓީމަށް 10,000/- (ދިހަހާސް ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހެޅިފައިވެއެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެކިއެކި ވަނަތައް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި މުބާރާތުގައި އަތޮޅުތެރެއިން ބައިވެރިވާ ޓީމްތަށް މާލޭގައި އައިސް ތިބުމުގެ ކަންތައް ޔޫތް މިނިސްޓްރީގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. އަދި އެސްޓީއޯއިން މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކަށް އެލަވަންސްގެ ގޮތުގައި 6,000/- (ހަހާސް ރުފިޔާ) ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު މިމުބާރާތުގައި 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *