އޭޑީކޭ ޚިތާނީ ކޭމްޕު މިއަދު ފަށައިފި

އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚިތާނީ ކޭމްޕު މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލު ޗުއްޓީ އާދިމާކޮށް ބާއްވަމުން އަންނަ ޚިތާނީ ކޭމްޕުގައި މިއަހަރުވެސް އެއްފަހަރާ 20 ކުދިން ޚިތާނު ކުރެވޭނެ ކަމަށާއި އެންމެ ޑޮކްޓަރަކު ފިޔަވައި ދެން މުޅިންވެސް ތިބޭނީ ދިވެހި ޑޮކްޓަރުން ކަމަށް އޭޑީކޭ އިން ބުނެއެވެ.

މިއަހަރުގެ ޕެކޭޖުގައި  ދައްކަންޖެހޭ ޑޮކްޓަރަށް އެޕޮއިންޓްމެންޓު ހަމަޖައްސާ ޑޮކްޓަރަށް ދެއްކުމާއި ޚިތާނު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމާއި ޚިތާނު ކުރުމަށް އެޑްމިޝަން ހެދުމަށްފަހު (ކުއްޖާ ކުޑަކަމުދިއުމުން) ގެއަށް ފޮނުވާލުމާއި ދެމެދު ކުރެވޭ ބޭސްފަރުވާގެ ޚަރަދަށް ނަގަނީ 4950 ރުފިޔާއެވެ.

އެހެންނަމަވެސް ކެއުންބުއިމަށް ހިނގާ ޚަރަދާއި ޚިތާނު ކުރެވުނު ކުއްޖާ ގެއަށްދިއުމަށް ޑޮކްޓަރ ހުއްދަދީީ ޑިސްޗާރޖު ކުރުމަށްފަހު، ހޮސްޕިޓަލުގައި އިތުރަށް މަޑުކުރާ ނަމަ، އެކަމަށް ހިނގާ ޚަރަދުތައް މިޕެކޭޖުގައި ނުހިމެނޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޚިތާނުކުރާ ކުދިންނަށް ޚާއްޞަ ކުރެވިފައިވާ ވޯރޑެއްގައި އެޑްމިޓް ކޮއްފައި ބައިތިއްބައި އިރު، 25 ނޮވެމްބަރ އިން 10 ޖެނުއަރީ އާދެމެދުގެ މުއްދަތުގައި ޕެކޭޖުގެދަށުން ނޫނީ ޚިތާނު ނުކުރެވޭނެ ކަމަށާއި އެ މުއްދަތުގައި އިސްކަންދެވޭނީ ނަންނޯޓުކުރާ ތަރުތީބުން ޖާގަހުރި މިންވަރަކުން ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

މިޕެކޭޖުގެ ދަށުން ޚިތާނު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން 10:00އަށް 7624833 ނަމްބަރަށް ގުޅުއްވައިގެން ނުވަތަ [email protected]އަށް އީމެއިލް ފޮނުއްވައިގެން ނަންނޯޓު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އޭޑީކޭ ހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *