ތޮއްޑޫ ފެނުގެ ނިޒާމް ގާއިމް ކުރުމަށް އެމްޑަބްލިއުއެސްސީއަށް

އއ. ތޮއްޑޫގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެންވަޔަރުމެންޓް މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އެމްޑަބްލިޔުއެސްސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަހުމަދު އުމަރެވެ.

ތޮއްޑޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 31,234,748.65ރ. އަށެވެ. އަދި މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން ނުވަ މަސް ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން މުޅި ރަށުގައި ފެނުގެ ނެޓްވާކް ގާއިމްކޮށް، 70 ޓަނުގެ ފެން ޕްލާންޓާއި ފެން ރައްކާ ކުރުމަށްޓަކައި ސްޓޯރޭޖް ޓޭންކް ބަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މަޝްރޫއު ނިމޭއިރު ތޮއްޑޫގެ ހުރިހާ ގެތަކަށް ސާފު ބޯފެން ލިބޭނެ ކަމަށެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނި ތޮއްޑޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ ގްލޯބަލް އެންވަޔަރުމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ދަށުންނެވެކަމަށެވެ.

އެ މަޝްރޫ އަށް ޖެފް އިން 7,710,000ރ. ހަރަދު ކުރާއިރު ދިވެހި ސަރުކާރުގެ ބަޖެޓުން 25,543,226.65ރ. ޚަރަދު ކުރާނެ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *