އަންހެން މުވައްޒަފުންނަށް އާއިލާއާއެކު ވަގުތު ހޭދަ ކުރެވޭފަދަ އުސޫލެއް ބީއެމްއެލް އިން ތައާރަފް ކުރަނީ

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން އާއިލާއާއެކު ވަގުތު ހޭދަ ކުރެވޭނެ ފަދަ އުސޫލުތަކެއް ތައާރަފު ކުރަން އެ ބޭންކުން ނިންމައިފި އެވެ.

އެކަން މިއަދު އިއުލާނު ކުރައްވަމުން އެ ބޭންކުގެ ސީއީއޯ ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި ބޭންކުގެ ވަޒީފާގައި ފަހެލިވަގުތުތަކެއް ކަނޑައަޅައި ޕާރޓް ޓައިމް ވަގުތުތަކެއް ހަމަޖެހިގެންދާނެކަމަށާއި  އަދި ބައެއް ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވިދާނެ ފުރުސަތުހޯދައި ދެވިދާނެ ގޮތްތަކާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

ބޭންކުގެ ސީއީއޯ މިހެން ވިދާޅުވީ ސީއެމްޑީއޭގެ ފަރާތުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ”ވިމެން އޮން ބޯރޑްސް“ ސެމިނާގައި ވާހަކަ ދައްކަވަމުންނެވެ. ސީއީއޯ ވިދާޅުވެފައިވަނީ މަސައްކަތްކުރާ ވަގުތުތަކަށް ފަހެލިކަމެއް (ފްލެކްސިބިލިޓީ) ގެނެސް ވަޒީފާ އާއި ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ހަމަހަމަ ކަމާ އެކީގައި ގެންދިޔުމަކީ އަޅުގަނޑުމެންގެ ސަގާފަތާއި ހިންގުމުގެ މުހިންމު ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ.

އަދި އެންމެ ރަނގަޅަށް އަމަލުކުރާ ވަޒީފާދޭ ފަރާތްތަކުން ވަޒީފާގެ ގަޑިތަކަށް ލުއިފަސޭހަ އުސޫލެއް އޮންނަނީ ކަނޑައަޅާފައި، ކުޑަކުދިންނަށް ޚާއްސަ ސެންޓަރ ތައް ގާއިމްކޮށް އަދި ބެލެނިވެރިންނަށް ވުމުން ކެރިއަރ މެދު ކަނޑާލުމަށްފަހު އަލުން ވަޒީފާއަށް ވަދެވޭނެ ނިޒާމެއް ހަމަޖެހިފައި އޮންނަ ކަމަށާއި އެ ފިޔަވަޅުތަކުގެ ސަބަބުން އާއިލީ ޒިންމާތައް ނެގުމަށް އެހީތެރިކަމާ އެއްބާރުލުން ލިބި ނަތީޖާއެއްގެ ގޮތުން ކުދިންލިބުމަށްފަހުގައިވެސް ވަޒީފާއަށް ނިކުންނާނެ އަންހެނުން އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ހީލީ އިތުރަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތެއް ނުބާއްވާއިރު، ބޭންކުގެ އިސް މަގާމުތައް އަދާކުރުމަށް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތުމަކީ ވަރަށް ހިތްހަމަޖެހޭކަމެއް ކަމަށެވެ. އަދި ބޭންކުގެ އެގްޒެކެޓިވް ޓީމުގައި 4 އަންހެން ބޭފުޅުން ހިމެނޭކަމީ މީގެ ހެއްކެއް ކަމަށާއި އެހެން ނަމަވެސް އަންހެނުންނާ އަދި ފިރިހެނުންނަށްވެސް ވަޒީފާ އާއި ޢާއިލީ ދިރިއުޅުމުގެ ކަންތައްތަކުގައި އިތުރު އެހީތެރިކަ މާއި އެއްބާރުލުމެއް ދެވިދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *