ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --

އަދީބުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި، މި ފަހަރުވެސް 15 ދުވަސް

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އަދީބުގެ ބަންދުގެ މުއްދަތަށް ކުރިން ޖެހި 15 ދުވަސް ހަމަވާތީ ބަންދުގެ މުއްދަތު އިތުރު ކުރީ އިއްޔެ ކަމަށެވެ.

ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު މި ފަހަރުވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސެޕްޓެމްބަރު 27 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ފަހަތުގައި ހުންނެވީ އަދީބު ކަމަށް ތުހުމަތުކޮށް އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *