މޫނު ނިވާކޮށްގެން ތިބި ބަޔަކު އަންހެން ސޭޓަކަށް ވަޅިން ބިރު ދައްކައި، ފައިސާތައް ފޭރިގަނެގެން ފިލައިފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށީ ފިހާރައެއްގައި އިން އަންހެން ސޭޓަކަށް ވަޅިން ބިރު ދައްކައި، ފިހާރައިގާ ހުރި ފައިސާތައް ފޭރިގަނެގެން  ފިލައިފި އެވެ.

މިރޭ 8:20 ހާއިރު ހިނގި މި ހާދިސާގައި ލޫޓުވާލާފައިވަނީ ކުޅުދުއްފުށީ ”ރައިޓް އޭންގަލް“ ނަމަކަށް ކިޔާ ފިހާރަ އެކެވެ.

މި ކަން ހިނގި އިރު ފިހާރައިގެ ސޭޓަކަށް އިނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މައުލޫމާތުލިބެ އެވެ. އަދި  މޫނު ނިވާކޮށްގެން ތިބެ ފިހާރައަށް ވަދެ ސޭޓަށް ވަޅިން ބިރު ދެއްކީ ދެމީހެއް ކަށްވެސް މައުލޫމާތު ލިބެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 8:27 ހާއިރު ކަމަށާއި މޫނު ނިވާކޮށްގެން ތިބި ދެމީހަކު ފިހާރަޔަށްވަދެ ސޭޓަށް ބިރު ދެއްކުމަށްފަހު ފައިސާތައް ހިފައިގެން ފިލާފައި ވާކަމަށް އެ ފިހާރައިން މައުލޫމާތު ދޭ ކަމަށްވެސް އިސްމާއިލް އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސީންގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އެ ފިހާރައިން ތިން ހާހަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާކަމުގެ މައުލޫމާތު ފިހާރައިގެ ފަރާތުން ދޭ ކަމަށާއި މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް އިސްމާއިލް އަލީ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *