އަންނަ މަހު އިންޑިއާގައި ބާއްވާ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރާނެ ޝިއާރެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ ޓީމުން ބޭނުންކުރާނެ ޝިއާރެއް ކަނޑައެޅުމަށްޓަކައި އެފްއޭއެމްއިން ވަނީ ތިން ޝިއާރެއް ޝޯޓްލިސްޓްކޮށްފަ އެވެ.
އެފްއޭއެމްއިން ޝޯޓްލިސްޓްކޮށްފައިވާ ތިން ޝިއާރަކީ:
1. މިފަހަރުވެސް ތަށްޓަށް
2. ފޯރީގައި ތަށްޓަށް
3. އާ އުންމީދަކާއެކު ދިވެހިން ތަށްޓަށް
ޝިއާރެއް ކަނޑައެޅުމަށްޓަކައި އެފްއޭއެމްއިން ވަނީ އޮންލައިން ނޫސްތައް ބޭނުންކޮށްގެން ޕޯލްއަކަށް ހުޅުވާލައިފަ އެވެ. އޮންލައިން ނޫސްތަކުން ހުޅުވާލާ ޕޯލްއިން އެންމެ ކުރީގައި އޮންނަ ޝިއާރެއް ސާފް ސުޒުކީ ކަޕްގައި ގައުމީ ޓީމުން ބޭނުންކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި އަންނަ މަހުގެ 23 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ އަފްޣާނިސްތާނު، ބޫޓާން އަދި ބަންގްލަދޭޝްއާއެކު ގްރޫޕް ބީގައެވެ.
One Response
2. ފޯރީގައި ތަށްޓަށް
3. އާ އުންމީދަކާއެކު ދިވެހިން ތަށްޓަށް
މި ދެ ޝިއާރު ރަނގަޅު..