މަސްތުވާތަކެއްޗާއެކު އައްޑޫން ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު ކުޑަކުއްޖަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ކުއްޖާގެ އުމުރަކީ ކޮބައިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހިތަދޫގެ މަގުމަތިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާއާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓު އޭނާ ހުރި ސަރަހައްދުގެ ބިންމަތިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *