ކުޅުދުއްފުށީ ފަތިސް، ޢަލީ ޙުސައިން (31އ) -- ފޮޓޯ: ކުޅުދުއްފުށި ލައިވް
ކުޅުދުއްފުށީ ފަތިސް، ޢަލީ ޙުސައިން (31އ) -- ފޮޓޯ: ކުޅުދުއްފުށި ލައިވް

ލޯންޗު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު މާލެ ފޮނުވާލައިފި

ހދ ހަނިމަދޫ ނެރުކައިރީގައި ދެ ލޯންޗެއް ޖެހި އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު، އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ހަސަން ހުސެއިން ވިދާޅުވީ ލޯންޗު އެކްސިޑެންޓްގައި އަނިޔާވި އެކަކު މާލެ ފޮނުވާލީ މިއަދު ހަވީރުގެ ފްލައިޓުން ކަމަށާއި މާލެ ފޮނުވާލި އިރު އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. މާލެ ފޮނުވާލާފައިވަނީ ކުޅުދުއްފުށީ، ފަތިސް، އަލީ ހުސެއިން (31އ) އެވެ.

ލޯންޗު އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔަވެފައި ވާއިރު މާލެ ފޮނުވާލި މީހާ ފިޔަވައި ދެން ތިބި ފަސް މީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *