އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮފީހެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަހަރުގެ ޑިސެމްބަރުމަހު ޤާއިމްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.
މިއީ އައްޑޫ ސިޓީ އާއި ގއ ،ގދ. އަދި ޏ އަތޮޅުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާގުޅޭގޮތުން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ކޮރަޕްޝަންގެ ޢަމަލުތަކާމެދު އެ އަތޮޅުތަކުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރުމަށް ޤާއިމްކުރެވޭ އޮފީހެކެވެ.
އައްޑޫ ސިޓީގައި ޤާއިމްކުރެވޭ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮފީހަކީ ކޮމިޝަންގެ މަސައްކަތްތައް ހަލުވިކުރުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙަރަކާތެވެ.