ގްރޫޕު ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ގްރޫޕު ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެއން ބަޔަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ 21:55 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ގެސްޓްހައުސްއަކުން ކަމަށެވެ.

އިސްމާއީލް ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ ދެ އަންހެނުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅުނު އަންހެނަކުވެސް ހިމެނޭ ކަމަށާއި އެމީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ތައިލެންޑްގެ އަނެއް އަންހެން މީހާ އާއި ދިވެހި ދިވެހި ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *