”މި ފަހަރު ހާމިދު ހައްޔަރުކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކި ރައްތަކާ ގުޅޭ މަނީ ލޯންޑްރިން މައްސަލައެއްގައި“

ކުރިން ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލައި މާލެ އައި ތަނުން ހާމިދު އިސްމާއީލް (ހާމިދު ސޭޓު) އަލުން ހައްޔަރުކުރީ ފުލުހުން މިހާރު ތަޙްޤީޤްކުރަމުންދާ، ޓުއަރިޒަމް މިނިސްޓްރީން އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާއި ގުޅުންހުރި މަނީ ލޯންޑްރިންގ ގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހާމިދު އިސްމާއިލް މިއަދު ހައްޔަރުކޮށްފައި މިވަނީ އޭނާކުރިން ބަންދުކޮށްފައި ހުރި މައްސަލައިގެ ތަހްގީޤް ނިމި އެމައްސަލާގައި އިތުރަށްބަންދުގައި ބަހައްޓަން ޖެހޭ ތަނެއް ނެތްކަމަށް ނިންމައި އެމައްސަލައިގެ ބަންދުން ދޫކުރުމަށްފަހުގައި ކަމަށެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެމް.އެމް.ޕީ.އާރ.ސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް އެމް.އެމް.ޕީ.އާރ.ސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީ އަށް ލިބެންޖެހޭ ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި ހާމިދު އިސްމާއިލްގެ މަސްލަަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާ މިމައްސަލައާއި ގުޅުންހުރި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފަރކޮށްފައިވާކަމަށް ތަޙްޤީޤަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށާއި މިމައްސަލަ މިހާރު އިތުރަށް ތަޙްޤީޤްކުރަމުންދާ ކަމަށެވެ.

ހާމިދު އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި އެމް.އެމް.ޕީއާރ.ސީއަށް އަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް ހިމޭނޭކަމަށާއި އަދި އެމް.އެމް.ޕީ.އާރސީއިން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހާމިދު އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެެހެން ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި މިމައްސަލަތައްވެސް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހްގީގުކުރަމުންދާ ކަމަށްވެސް ޗީފް އެސްޕީ މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *