ފަރަންސޭސިވިލާތުގެ ޕެރިހުގައި ބާއްވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 21 އާއި ބެހޭގޮތުން މީޑިޔާގެ ބޭފުޅުންނަށް މަޢުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން އެކުލަވާލާ އަދި ޢަމަލު ކުރަމުންދާ ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާތީ ކިޔޯޓޯ ޕްރޮޓޮކޯލުގެ ބަދަލުގައި ޢަމަލު ކުރާނެ އައު ޤާނޫނީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި ރާއްޖެއަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިއަދައުރުގެ “ ޗެއަރ“ ކަމަށްވާތީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަޙަތަށް ރިޢާޔަތްކޮށް، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ޙިޔާޔަތް ކުރެވޭފަދަ އެއްބަސްވުމަކަށް މިއެއްބަސްވުން ހެދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ އެންމެ މުހިއްމު މަޤްސަދަކީ އިންސާނުންނާއި ދިރޭތަކެއްޗާއި ކާބޯތަކެތި އުފެއްދުމާއި އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތި ނުވާނެގޮތްތައް ހޯދުމެވެ.
ކޮޕް 21 ގެ ބައްދަލުވުން އޮންނާނީ މިމަހުގެ 30 ން ޑިސެމްބަރު މަހުގެ 11 އަށް ޕެރިހުގައެވެ.