އައްލާމް ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

ހިބަޅިދޫ ފަޅުތެރެއިން ފެނުނު ހަތިޔާރާ ގުޅުމެއް ވާކަމަށް ތުހުމަތު ކުރެވޭ މ ސެސްނާ މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

އިންޓަޕޯލް ވެބްސައިޓްގައި ބުނެފައިވާގޮތުން އައްލާމްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރުން ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހަމަނުޖެހުން ހިންގުމާއި ފިސްތޯލައިގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމްގެ ތުހުމަތުގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ހިމެނެ އެވެ.

ހިބަޅިދޫން ފެނުނު ހަތިޔާރާ އައްލާމް އާއި ގުޅުމެއް ވާކަން ހާމަކުރަމުން އޭސީޕީ އަބްދުﷲ ނަވާޒް ވިދާޅުވީ ބ.ހިބަޅިދޫ ފަޅުތެރެއިން ފެނުނު ހަތިޔާރާ އައްލާމާ ގުޅުމެއް ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *