އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން، އެއް ޖިންސުން ގުޅުން ހިންގި ދެ ފިރިހެނުން ރަޖަމު ކޮށްފައިވާކަމަށްއެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮބްޒަވޭޓަރީ ގްރޫޕަކުން ހާމަކޮށްފި އެވެ.
އެ ގްރޫޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިއެސްއިން ކުދި ހިލައިން ރަޖަމް ކުރި ދެމީހުންގެ ތެރެއިން އެކަކީ 20 އަހަރުގެ ޒުވާނެއް ކަމަށާއި އަނެކަކީ 18 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި މި ދެމީހުން ރަޖަމު ކޮށްފައިވަނީ ތަފާތު ދެ މައްސަލައެއްގައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެ ދެމީހުންވެސް ރަޖަމުކޮށްފައިވަނީ އިރާގުގެ ބޯޑަރު ކައިރީގައި އޮންނަ މަޔާދީން ޕްރޮވިންސް ގައެވެ. އައިއެސްއިން މީގެ ކުރިން ވަނީ ޒިނޭކުރި އަންހެނަކުވެސް އެ އަންހެން މީހާގެ ބައްޕަގެ ހާޒިރުގައި ރަޖަމް ކޮށްފައެވެ.