މަޜްހޫމް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާތިރް ގެ އާއިލާއަށް ށ.އަތޮޅުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންގެ ފަރާތުން ފައިސާގެ އެހީއެއް ވެދީފިއެވެ.
ފުލުހުން ބުނީ ށ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ފަރާތުން ވެދިން މި އެހީއަކީ ށ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރަމުންދާ ފުލުހުން އިސްނަގައިގެން މަޜްހޫމް ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާތިރުގެ އާއިލާ އަށް އެހީތެރިވުމުގެ ގޮތުން ވެދިން އެހީއެއް ކަމަށެވެ.
މަރްޙޫމް ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާތިރުގެ އާއިލާ ދިރިއުޅުއްވާ ގެއަށް ޒިޔާރަތްކޮށް މިފައިސާގެ އެހީ އެ އާއިލާއާ ހަވާލުކޮށްދެއްވީ ށ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އިބްރާހިމް މުސްތަފާ ކަމަށާއި މިއެހީއާ މަޜްހޫމް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާތިރްގެ އާއިލާގެ ފަރާތުން ހަވާލުވެލެއްވީ މަޜްހޫމް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާތިރްގެ އަންހެނުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި އެހީ ހަވާލުކޮށްދެއްވުމަށް ފަހު ށ. އަތޮޅު ކޮމާންޑަރު ވަނީ އެއައިލާގެ ހާލު ބައްލަވާފައި ވާކަމަށާއި މިޒިޔާރަތުގައި ށ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އެ ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައި ވާކަމަށެވެ.
ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާތިރު ކިޑްނީއަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވީ ޖުލައި 27 ވަނަ ދުވަހު އެވެ.
ކޯޕްރަލް މުޙައްމަދު ޝާޠިރު ސ. ނަމްބަރު 2778 (ށ.މާއުނގޫދޫ / އިރުމަތީގެ) ނިޔާވިއިރު އޭނާ ގެންދިޔައީ 26 ވަނަ އިންވެސްޓިގޭޝަން އޮފިސަރ ކޯސް ފުރިހަމަ ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ. ޝާތިރު ނިޔާވި އިރު އޭނާގެ އުމުރަކީ 28 އަހަރެވެ.
3 Responses
Vara rangalhu kame
Police ah varah body sukurudhannavann.. thi jure her varah agouti masha Kathy. .
Thank you very much police