ޗެމްޕިއަންސްލީގު: “ ޗެލްސީ ކުޅެނީ ރީތި ހިތްގައިމު ފުޓުބޯޅައެއް“ – މޮރީނިއޯ

ޗެމްޕިއަންސްލީގުގައި ރޭ ޝާލްކޭއާއި ދެކޮޅަށް ކުޅުނު ފުޓުބޯޅައަކީ ރީތި އަދި ހިތްހައިމު ފުޓުބޯޅައެއްކަމުގައި ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޗެެމްޕިއަންސްލީގުގެ ގުރޫޕް ޖީގައި ޝާލްކޭއާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ޖަރމަނުގައި ކުޅުނު މެޗުގެ 2 ވަނަ މިނެޓުގައި ޓެރީގެ ގޯލުން ޗެލްސީ ލީޑު ނެގިއިރު މިއީ ޗެމްޕިއަންސްލީގު މެޗެއްގައި ޗެލްސީން އެންމެ އަވަހަށް ޖެހި ގޯލައެވެ. ދެވަނަ ގޯލް ކާމިޔާބުކޮށްްދިނީ ވިލިއަން ބަރގަސްއެވެ. 3 ވަނަ ގޯލައަކީ ޝާލްކޭގެ ކިރްޗޮފްއަތުން ބައިކޮޅަށް ވަން ގޯލައެވެ. މެޗުގެ ފަހު ދެގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ޑްރޮގްބާ އަދި ރަމިޔަރޭސްއެވެ.

މެޗަށްފަހު މޮރީނިއޯ ބުނެފައިވަނީ ޗެލްސީން ރަށުން ބޭރުގައި މިފަދަ ފުޓުބޯޅައެއް ކުޅޭތަން އަދި ފެނިފައިނުވާކަމަށެވެ. އެގޮތުން ކުރީގެ ޗެލްސީ ކޯޗު ޑިމަޓޭއޯގެ ޝާލްކޭއަކީ ވަރުގަދަ ޓީމެއް ކަމަށާއި، ޗެމްޕިއަންސްލީގުގައި މިފަދަ ޓީމެއް ކޮޅަށް 5 ގޯލް ޖެހުމަކީ އާދައިގެ ކަމެއް ނޫންކަމަށްވެސް މޮރީނިއޯ ބުނެފައިވެއެވެ. މީގެއިތުރުންވެސް މޮރީނިއޯވަނީ މުޅިމެޗަކީ ފުރިހަމަ މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ގުރޫޕްގެ އަނެތް މެޗުގައި ސްޕޯޓިންއިން މަރިބޯގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޗެލްސީއަށްވަނީ ގުރޫޕްގެ އެއްވަނަ ކަށަވަރުވެފައެވެ. 2 ވަނައިގައި މިހާރު ސްޕޯޓިން އޮތްނަމަވެސް ޝާލްކޭއަކަށް އަދި ފުރުސަތެއް ނުގެއްލެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *