37 މީހުންނާއެކު ގދ. ތިނަދޫއިން ގދ. ގައްދޫއަށް ދަތުރުކުރަމުންދިޔަ ގދ. އަތޮޅު ދޯނި ހުއްޓުމާގުޅިގެން ފަސިންޖަރުން ތިނަދޫއަށް ގެންދިއުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 13:00 ހާއިރު ފެރީ ހުއްޓިފައިވަނީ އައުޓްރިގަރ ކޮނޮޓާ މޯލްޑިވްސް ރިސޯޓްގެ 3 މޭލެއްހައި ބޭރުންނެވެ. ފެރީ ހުއްޓިފައިވަނީ ފެރީގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ފެރީގައި ދަތުރުކުރި ފަސިންޖަރުން ގދ. ތިނަދޫއަށް ގެންދިއުމުގައި އައުޓްރިގަރ ކޮނޮޓާ މޯލްޑިވްސްގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަމަށެވެ.