މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު - ފޮޓޯ: އެމްބީއޭ
މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު - ފޮޓޯ: އެމްބީއޭ

ޓީމް ގްރީން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ބާއްވާ ފެންވަރު ބެލުމުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުވެސް ޓީމް ގްރީން ކާމިޔާބުކޮށްފި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ރޭ ޓީމް ގްރީން ކުރި ހޯދީ ޓީމް ރެޑްއާ ވާދަކޮށެވެ.

ކުޅިވަރު އެކުވެނި އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައި ރޭ ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު، މިމެޗު ޓީމް ގްރީންއިން ކާމިޔާބުކުރީ 37-38 ޕޮއިންޓުންނެވެ.

މިމުބާރާތުގައި ރޭ ޓީމް ވައިޓްއާ ވާދަކޮށް، ޓީމް ބްލެކް މޮޅުވީ 28-20 ޕޮއިންޓުންނެވެ. މިއީ މިމުބާރާތުގައި ޓީމް ބްލެކް މޮޅުވި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން ޓީމް ވައިޓް މޮޅުވެފައިވާއިރު، މިހާތަނަށް އަދި މޮޅެއް ހޯދިފައިނުވަނީ ޓީމް ރެޑްއަށެވެ.

ފެންވަރު ބެލުމަށް ބާއްވާ މުބާރާތުގެ ޓީމުތައް:

ޓީމް ރެޑް – އިލްޔާސް އިބްރާހިމް (ކެޕްޓަން)، ހުސެއިން ޝަހުނޫން، ހުސެއިން ހަލީމް، އަހުމަދު އަދުހަމް، އިބްރާހިމް ނަސީމް، އަހުމަދު ފިރާޝް، ރިޝްފާން ރަޝީދު

ޓީމް ބްލެކް – ޒަކަރިއްޔާ އަބްދުލް ލަތީފް (ކެޕްޓަން)، އަހުމަދު އިފްސާހް، މުހައްމަދު ހަސަން، ހަސީން މުހައްމަދު، އަހުމަދު ހުޝާމް، މުހައްމަދު އީވާން ޒާހިރު، އަލީ ފަޒްލީ، އިބްރާހިމް ރިޝްވާން

ޓީމް ވައިޓް – އަހުމަދު އަފްޝަން ރަސާދު (ކެޕްޓަން)، އިސްމާއިލް ވިލްދާން، ހުސެއިން ސިނާން، މުހައްމަދު ހުވައިލިދު، އަހުމަދު ޒަބީރު، މުހައްމަދު އަހުމަދު ޒަބީރު، އިބްރާހިމް އަންފަލް ޝަރީފް، އަބްދުﷲ އަފްލާހް ލަތީފް

ޓީމް ގްރީން – މުހައްމަދު ޒިލާލް (ކެޕްޓަން)، މުހައްމަދު ސަމޫހް، އަބްދުﷲ ފިރުނާޝް، އިމްރާން އަހުމަދު، އަހުމަދު އަލީ މުސްތަފާ، އަހުމަދު ނަޖީލް، އަބްދުﷲ އަމްޒަރު، އަހުމަދު ނަސީރު

ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެއްވަނަ ޓީމާއި ހަތަރުވަނައިގައި އޮންނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެވަނައިގައި އޮންނަ ޓީމާއި ތިންވަނައިގައި އޮންނަ ޓީމެވެ. އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *