ޗެމްޕިއަންސްލީގު ތާރީހްގައި އެންމެ ގިިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު މެސީ މުގުރާލުމާއެކު ބަރސާ މޮޅުވެއްޖެއެވެ.
އެގޮތުން ޗެމްޕިއަންސްލީގުގެ ގުރޫޕް އެފްގައި ރޭ އަޕޮއެލްއާއި ދެކޮޅަށް ކުޅުނު މެޗުގެ ހެޓްރިކާއެކު މެސީވަނީ މި ހަފްތާ ތެރޭގައި 2 ހެޓްރިކް ހަދާފައެވެ. ރަށުން ބޭރުގައި ބަރސާ ކުޅުނު މެޗުން މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ލަލީގާގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު މި ހަފަތާގެ ތެރޭގައި މުގުރާލި މެސީ، މެޗަށް ނިކުތީ ކުރިން ޗެމްޕިއަންސްލީގުގެ އެންމެ ގިނަ ގޯލްޖެހި ރައުލްގެ ރެކޯޑާއި ހަމަހަމަކޮށެވެ. އެއީ ދެ ކުޅުންތެރިންވެސް 71 ގޯލައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ބަރސާއަށް ލީޑު ނަގާދިނީ ލުއިސް ޝުއަރޭޒްއެވެ. މިއީ ޝުއަރޭޒް ބަރސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލައެވެ. މެޗުގައި ދެން ބަރސާއިން ޖެހި 3 ގޯލް ކާމިޔާބުކޮށްދިނީ ލިޔޯ މެސީއެވެ. ރޭގެ މެޗު 2 ޓީމުންވެސް ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކީގައެވެ. އަޕޮއެލްގެ ޖާއޯ އަދި ބަރސާގެ ރަފީނިއާއަށްވަނީ ރަތްކާޑު ދައްކާފައެވެ.
ރެކޯޑާއި ގުޅިގެން މެސީ ބުނެފައިވަނީ މިފަދަ ރެކޯޑަކާއި ގުޅިގެން އުފާކުރާކަމަށެވެ. ނަމަވެސް އެންމެ މުހިއްމުކަމަކީ ބަރސާ މޮޅުވުން ކަމަށެވެ. މެސީގެ ރެކޯޑާއި ގުޅިގެން ބަރސާގެ ކޯޗު ލުއިސް އެންރިކޭ ބުނެފައިވަނީ ކުރީގެ ރެކޯޑާއި ގުޅިގެންވެސް ބުނި ޖުމްލައެވެ. އެއީ މެސީ އަކީ ދުނިޔޭގެ ތާރީހް ދުތް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
ރޭގެ ހެޓްރިކަކީ މެސީ ބަރސާއަށް ކާމިޔާބުކޮށްްދިން 28 ވަނަ ހެޓްރިކެވެ. އަދި ޗެމްޕިއަންސްލީގުގެ 5 ވަނަ ހެޓްރިކެވެ. ރައުލް 71 ގޯލް ކާމިޔާބުކުރީ 142 މެޗުންނެވެ. މެސީ ވަނީ 91 މެޗުން 74 ގޯލް މިހާތަނަށް ކާމިޔާބުކޮށްފައެވެ. މި ރެކޯޑަށް ދެން އެންމެ ކައިރިން ވާދަކުރަނީ ރިއާލްގެ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނި 70 ގޯލް ޗެމްޕިއަންސްލީގުގައި ޖަހާފައެވެ.
މި ގުރޫޕްގައި އަނެތް މެޗުން ޕީއެސްޖީވަނީ 3-1 ގެ ނަތީޖާއަކުން އަޔެކްސް ބަލިކޮށްފައެވެ. އެހެންކަމުން ޕީއެސްޖީ އަދި ބަރސާ ނޮކްއައުޓް ރައުންޑަށް ކޮލިފައިވިއިރު ގުރޫޕްގެ އެއްވަނަ ކަނޑައަޅާނީ މި ދެޓީމް ބައްދަލުކުރާ ގުރޫޕްގެ ފަހު މެޗުންނެވ